ސީލައިފް ގްލޯބަލް ޤައުމީ ވޯލީބޯޅަ ލީގުގައި ރޭ ކުޅުނު މެޗު ޕޮލިސް ކްލަބް ބަލިކޮށް، މޯލްޑިވިއަން ކުރި ހޯދައިފިއެެވެ.
އެ ޓީމުން ރޭގެ މެޗު ާމިޔާބުކުރީސީދާ ތިން ސެޓުންނެވެ. މި މެޗުގެ ސެޓުތައް މޯލްޑިވިއަން އިން ގެންދިޔައީ 20-25، 22-25، އަދި 23-25 އުންނެވެ.
މި މެޗުގެ މޮޅު ކުންތެރިޔާގެ މަޤާމު ލިބުނީ މޯލްޑިވިއަންގެ ޕާކިސްތާން ކުޅުންތެރިޔާ މުރާދަށެވެ.
މިއީ މި މުބާރާތުގައި މޯލްޑިވިއަން ކުޅުނު ފުރަތަމަ މެޗެވެ. އަދި ޕޮލިސް ކްލަބް ކުޅުނު ދެވަނަ މެޗެވެ. ޕޮލިސް ކްލަބު ކުޅުނު ފުރަތަމަ މެޗު މާޒިޔާއާ ދެކޮޅަށް ވަނީ ސީދާ ތިން ސެޓުން މޮޅުވެފައެވެ.
މި މިބާރާތުގައި މިއަދު ހަވީރު ކުޅޭނީ އަންހެން ބައިން މިސްކިތްމަގު އެންމެންގެ ގުޅުމާއި މޯލްޑިވިއަން ސްޕޯޓްސް ރެކްރިއޭޝަން ކްލަބެވެ. އަންހެން ބައިން މި ދެ ޓީމުގެ އިތުރުން މުބާރާތުގައި ވާދަކުރަނީ ޕޮލިސް ކްލަބެވެ.