އެފްއޭ ކަޕްގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ރޭ ކުޅުނު މެޗު މާޒިޔާ ބަލިކޮށް މުބާރާތުގެ ފައިނަލަށް ޓީސީ ދަތުރުކޮށްފިއެވެ.
މިދިޔަ އަހަރުގެ އެފްއޭ ކަޕްގެ ފައިނަލްގައިވެސް ކުޅުނު ޓީސީ، މި މެޗު ކާމިޔާބުކުރީ 0-2 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހިއެވެ.
މެޗުގެ ދެވަނަ ހާފު ފަށައިގެން މާޒިޔާއިން ވަރުގަދަ ކުޅުމެއް ދައްކަމުން ދިޔަ ނަމަވެސް، މެޗުގެ 68ވަނަ މިނެޓުގައި ޓީސީގެ އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ވަނީ ލަނޑެއް ޖަހައި ޓީސީއަށް މެޗުގެ ލީޑު ނަގައިދީފައެވެ. އަދި ޓީސީގެ ދެވަނަ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ 78ވަނަ މިނެޓުގައި ނާއިޒު ހަސަން (ދާދު) އެވެ.
2013ވަނަ އަހަރުން ފެށިގެން އޭއެފްސީގައި ވާދަކުރާ މާޒިޔާ، މި މެޗުން ބަލިވުމުން އަންނަ އަހަރުގެ އޭއެފްސީ ކަޕުންއެޓީމަށް ވަނީ ޖާގަ ގެއްލިފައެވެ. ޓީސީއަށް އޭއެފްސީގެ ޖާގައެއް ކަށަވަރުވާނީ ސެމީގެ ދެވަނަ މެޗުން ނިއު މޮޅުވެގެންނެވެ. ނިއުގެ ބަދަލުގައި ގްރީން މޮޅުވި ނަމަވެސް ފައިނަލް މެޗު މޮޅުވެގެން އޭއެފްސީގެ ޖާގައެއް ކަށަވަރުކުރެވެން ޓީސީއަށް އޮންނާނެއެވެ.
މުބާރާތުގެ ދެވަނަ ސެމީ ފައިނަލް މެޗުގައި ނިއުއާއި ގްރީން ކުޅޭނީ މިރޭއެވެ.