ފީނާ އިން ހޮވާ އެންމެ މޮޅު އަންހެން ޑައިވްކުރުންތެރިޔާގެ މަޤާމު ޗައިނާގެ ޝީ ޓިންގމާއޯ3 ވަނަ ފަހަރަށް ހޯދައިފިއެވެ.
އޭނާއަށް އެ މަޤާމު ލިބުނީ ޗައިނާގެ ހައިނާން ޕްރޮވިންސްގައި އޮތް ފީނާ ވަރލްޑް އެކުއާސްޓިކްގައެވެ.
ޝީ ޓިންގމާއޯ ވަނީ އަންހެނުންގެ ސްޕްރިންގ ބޯޑު 3 މީޓަރާއި އަންހެނުންގެ ސިންކްރޮނައިޒްޑް ސްޕްރިންގ ބޯޑު 3 މީޓަރުގެ ޓައިޓަލް ކާމިޔާބުކޮށްފައެވެ.
މިކާމިޔާބީ އާއިގުޅިގެން ޝީ ޓިންގމާއޯ ބުނީ ތިންވަނަ ފަހަރަށް މި އެވޯޑު ލިބުމުން ވަރަށް އުފާވެއްޖެ ކަމަށެވެ. އަދި ހުރިހާ ޝުކުރެއްވެސް އޮތީ ޢާއިލާއަށާއި ކޯޗަށް ކަމަށެވެ.
އޭނާ ބުނީ ކުރިއަށް އޮތް ތާނގައިވެސް މި ކާމިޔާބީ ދަމަހައްޓާ، ކާމިޔާބީގެ ހަރުފަތަށް އިތުރު ތަނަވަސްކަން ގެނައުމަށް ގަދައަޅާ މަސައްކަތް ކުރާނެ ކަމަށެވެ.