ސީލައިފް ގްލޯބަލް ޤައުމީ ވޮލީބޯޅަ ލީގުގެ އަންހެން ބައިގެ ފުރަތަމަ މެޗު، ޏ.ފުވައްމުލަކަށް ނިސްބަތްވާ މިސްކިތްމަގު އެންމެންގެ ގުޅުން ކާމިޔާބުކޮށްފިއެވެ.
އެންމެ ފަހުގެ ޗެމްޕިއަން މޯލްޑިވިއަން ރެކްރިއޭޝަން ކްލަބް ބަލިކޮށް މިސްކިތްމަގު މި މެޗު ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ.
މެޗުގެ ސެޓުތައް މިސްކިތްމަގު ގެންދިޔައީ 19-25، 15-25، އަދި 14-25 އިންނެވެ.
މި މެޗުގެ އެންމެ މޮޅު ކުންތެރިޔާގެ މަޤާމު ހޯދީ މިސްކިތްމަގު ބިދޭސީ ކުޅުންތެރިޔާ ނިރްމަލާއެވެ.
މުބާރާތުގެ ފިރިހެން ބައިން ރޭ ކުޅުނު މެޗު، މާޒިޔާ ބަލިކޮށް މޮޅުވީ ސިފައިންގެ ކްލަބެވެ. ސިފައިން ވަނީ ސީލައިފް ވެސް ބަލިކޮށްފައެވެ.
މާޒިޔާ އަތުން ސިފައިން މޮޅުވީ ސީދާ ތިން ސެޓުންނެވެ. ސިފައިން މެޗުގެ ސެޓުތައް ގެންދިޔައީ 15-25، 26-28، އަދި 22-25 އިންނެވެ.
މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދީ ސިފައިންގެ ކްލަބްގެ ހުސައިން ޝާހިދެވެ.
މުބާރާތުގައި މިއަދު ހަވީރު ކުޅޭނީ އަންހެން ބައިން މިސްކިތްމަގާއި ޕޮލިސް ކްލަބެވެ.
މުބާރާތުގެ ފިރިހެން ބައިގެ މެޗެއް ދެން ކުޅެނީ މިރޭއެވެ. މި މެޗުގައި ސީލައިފް ނުކުންނާނީ މޯލްޑިވިއަން ރެކްރިއޭޝަންއާ ދެކޮޅަށެވެ.