މުސްލިމުންގެ ތިން ވަނައަށް އެންމެ މިޤައްދިސް ބިނާ ކަމަށްވާ މަސްޖިދުލްއަޤްޞާ ހުރި ޖެރޫސަަލމް ސިޓީއަކީ އިޒްރޭލުގެ ވެރިރަށް ކަމަށް އެމެރިކާއިން ޤަބޫލުކުރަން އުޅޭނީ ފަލަސްޠީގެ ސަރުކާރާއި ރައްޔިތުން އިންތިހާއަށް ރުޅިގަދަވެ ކަންްބޮޑުވުން ފައުޅުކުރަން ފަށައިފިއެވެ.
ޓްރަމްޕުގެ ރިޔާސީ ވައުދަކަށް ހަދައި އެމެރިކާއިން މިކަން ކުރަން އުޅޭތީ ފަލަސްޠީނުގެ ޚާރިޖިއްޔާއިން މިހާރު ވަނީ އަރަބި ލީގުގެ ކުއްލި ބައްދަލުވުމަކަށް ގޮވާލައިފައެވެ. ފަލަސްޠީނުގެ ބޮޑުވަޒީރު ރާމީ ޙަމަދަﷲ ވިދާޅުވީ މިކަމުގެ ސަބަބުން ޞުލްޙައިގެ ދޮރުތައް ބަންދުވާނެ ކަމަށާއި އެއްވެސް ކަމެއް ޙައްލުވުމުގެ ބަދަލުގައި ހުރިހާ ކަންކަން ދާނީ ގޯހުން ގޯހަށް ކަމަށެވެ. ބޮޑެތި ހަަމނުޖެހުންތައް އުފެދިގެންދާނެ ކަމަށެވެ.
ފަލސްޠީނު ސަރުކާރުގެ އިސް މެންބަރެއް ކަމަށްވާ ޙަނާން އަޝްރާވީ ވިދާޅުވީ މިކަމުގެ ސަބަބުން ހަމައެކަނި އަސަރުކުރާނީ މެދުއިރުމަތީގެ ޤައުމުތަކަށް ނޫން ކަމަށާއި ދުނިޔޭގެ ޞުލްޙައަށް ވެސް ނުރައްކައުތެރިވެގެންދާނެ ކަމަށެވެ. އަދި މިކަމަކީ ހަމައެކަނި ފަލަސްޠީނު ނޫނީ މުސްލިމުންގެ އެކަނި މައްސަލައެއް ނޫން ކަަމަށާއި މިކަމަކީ މުސްލިމުންނާއި ކްރިސްޓިއަނުންނާއިވެސް ގުޅިފައިވާ ބޮޑު މަައްސަލައެއް ކަމަށެވެ.
މިކަމާއި ގުޅިގެން ފަލަސްޠީނުގެ އިސް ފަރާތްތަކުން ބުނަމުން ދަނީ މިފަަދަ ބޮޑުކަމެއް ހިނގަމުންދާއިރު ޢަރަބި ޤައުމުތަކާއި ޢަރިބިމ ލީގުން އެކަށީގެންވާ ފިޔަވަޅެއް ނުއަޅައި ނިދާފައި ތިބުމަކީ ވަަރަށް ބޮޑަށް ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ.