ތިމާވެށްޓަށް ޚިދުމަތްކުރުމުގެ ދާއިރާއިން "މިސް އާރތް އިންޑިއާ 2015" ޙާޞިލުކުރި އާއިތަލް ޚޮސްލާ ސަން އައިލަންޑް ރިޒޯޓުގައި ކުރިއަށް ގެންދިއަ ގަސްއިންދުމުގެ ޕްރޮގްރާމެއްގައި ބައިވެރިވެ ގަސް އިންދައިފިއެވެ.
އާއިތަލް ޚޮސްލާ ގެންދަނީ ޢާއިލާ އާއިއެކު ސަން އައިލަންޑް ރިޒޯޓްގައި ޗުއްޓީ ހޭދަކުރަމުންނެވެ.
>ސަން އައިލަންޑް ރިޒޯޓަކީ ރަށުގެ ފެހިކަން އިތުރުކުރުމަށާއި ތިމާވެށި ހިމާޔަތްކުރުމަށް ވަރަށް ބޮޑަށް ސަމާލުކަން ދީގެން ރަށް ފެހި ކުރުމަށާއި ތިމާވެށި ހިމާޔަތްކުރުމަށް ތަފާތު ގިނަ ހަރަކާތްތަކެއް ހިންގަމުން ގެންދާ ރިޒޯޓެކެވެ. <
ރާއްޖޭގެ އެންމެ ފެހި ރިޒޯޓުގެ އެވޯޑް އެ ރިޒޯޓަށް ވަނީ އެތައް ފަހަރަކު ލިބިފައެވެ.