އުރީދޫ ކަލަރ ރަން އަންނަ ހުކުރު ދުވަހު ބާއްވަން ނިންމައިފި

ކިޔުމަށް ހޭދަވާނީ 46ސ
އުރީދޫ ކަލަރ ރަން އަންނަ ހުކުރު ދުވަހު ބާއްވަން ނިންމައިފި
އުރީދޫ މޯލްޑިވްސް އިން ބާއްވާ ކަލަރ ރަން އަންނަ ހުކުރު ދުވަހު ބޭއްވުމަށް ނިންމައިފިކަމަށް އެ ކުންފުނިން ބުނެފިއެވެ.

އުރީދޫ އިން ބުނީ މި ދުވުން އޮންނާނީ މި ޑިސެމްބަރ މަހުގެ 8 ވާ ހުކުރު ދުވަހު ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކަމަށެވެ. އަދި ދުވުން ފަށާނީ 15:30 ގައި ކަމަށެވެ.

މި ދުވުން ކުރިން ބޭއްވުމަށް ނިންމާފައިއޮތީ މި ޑިސެމްބަރ މަހުގެ ދެވަނަ ދުވަހު ބޭއްވުމަށެވެ. ނަމަވެސް ރާއްޖޭގެ ސަރަހައްދަށް ކުރަމުންދިޔަ ވިއްސާރަ އިތުރަށް ގޯސްވަމުންދާތީ ފަސްކުރީއެވެ.

ޢާންމުކޮށް ބާއްވާ ދުވުންތަކާއި ޚިލާފަށް ސަޕްރައިޒްތަކެއްވެސް ފެނިގެންދާ މި ދުވުމުގައި 5 ކިލޯމީޓަރ ފުރިހަމަކުރުމަށް ވަކި ވަގުތެއް ނޯވެއެވެ. އެގޮތުން ދުވެފަ ނޫނީ ހިނގާފަވެސް މި އިވެންޓު ފުރިހަމަ ކުރެވިދާނެއެވެ.

މިއީ ދުޅަހެޔޮ ދިރިއުޅުމަކަށް ދުވުމަކީ މަޖާ އަދި އުފާވެރިކަމެއް ކަމުގައި ދެއްކުމުގެ މަޤުޞަދުގައި ބާއްވާ ދުވުމެކެވެ.
މިއަދު އޮންލައިން