ޒީރޯ ގްރެވިޓީ ކޯޕްގެ އާދަޔާ ޚިލާފު މަތިންދާބޯޓު

ކިޔުމަށް ހޭދަވާނީ 1މ 3ސ
ޒީރޯ ގްރެވިޓީ ކޯޕްގެ އާދަޔާ ޚިލާފު މަތިންދާބޯޓު
މުހައްމަދު އުސާމް

އެމެރިކާގެ ކުންފުންޏެއްކަމަށްވާ ޒީރޯ ގްރެވިޓީ ކޯޕްއުން ތަޢާރަފުކޮށްފައިވާ މި މަތިންދާބޯޓަކީ އެހެން މަތިންދާބޯޓުތަކާ ތަފާތު އާދަޔާ ޚިލާފު މަތިންދާބޯޓެކެވެ.
މި މަތިންދާބޯޓު، އެ ކުންފުނިން އުފައްދާފައިވަނީ އެތެރޭގައި އެއްވެސް ވަރަކަށް ގްރެވިޓީ ނުވަތަ ބިމަށްދަމާ ބާރެއް ނުހުންނަ ގޮތަށެވެ. އަދި މި ބޯޓު ފަރުމާކުރުމުގައި އެހެން މަތިންދާބޯޓުތައްހެން އެތެރޭގައި އިށީންނަން ސީޓު ވެސް ބަހައްޓާފައި ނުހުރެއެވެ.

ޒީރޯ ގްރެވިޓީ ކޯޕްއުން މި މަތިންދާބޯޓު ތައްޔާރުކުރީ 'ފްލޯޓިން އެކްސްޕީރިއެންސް' ނުވަތަ ބިމަށްދަމާ ބާރުނެތި މީހުން އުޅޭނެ ގޮތް ތަރުޖިބާކޮށްލަން ބޭނުންވާ މީހުންނަށެވެ.

މި މަތިންދާބޯޓުގައި ދަތުރުކޮށް، ތަޖުރިބާކޮށްފައިވާ ފަރާތްތަކުން ބުނާ ގޮތުގައި އެ ބޯޓުގައި ދަތުރުކުރުމަކީ އެންމެ މަޖާ ތަޖުރިބާކަމަށެވެ. އަދި ބިމަށްދަމާ ބާރު ނެތުމުން އެންމެންހެން އެ ތަނުގެ ތެރޭގައި 'ބެލެންސް' ނުކުރެވި އޮޔާ ދެކޮޅަށް ދެވޭ އިރުގައި އިހުސާސްކޮށްލެވުނީ ތިމަންނާ އުދުހެނީކަމަށް އެ ބޯޓުގައި ދަތުރުކުރި ބައިވެރިއަކު ބުނެފައިވެއެވެ.
ޢާއިލާ ނުވަތަ ރައްޓެހިންނާއެކު މި މަޖާ ތަޖުރިބާކޮށްލަން މި މަތިންދާބޯޓުން ދަތުރުކުރުމަށް އެ ކުންފުނިން ހަމަޖައްސާފައިވާ އަގަކީ 195 އެމެރިކާ ޑޮލަރެވެ.
މިއަދު އޮންލައިން