މިއަދު ނިމޭއިރު އިންޑިއާގެ ކޮންގްރެސް ޕާޓީގެ ލީޑަރުކަން ރާހުލް ގާނދީއަށް ކަށަވަރުވާނެ-
މިއަދު އިރުއޮއްސޭއިރު އިންޑިއާގެ ކޮންގްރެސް ޕާޓީގެ ލީޑަރުކަން ނުވަތަ ރައީސްކަން ރަޖީވް ގާނދީގެ ދަރިކަލުން ރާހުލް ގާނދީއަށް ހަމަޖެހިގެންދާނެ ކަމަށް ބެލެވެއެވެ.
ސޯނިއާ ގާނދީ މަޤާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެން ޕާޓީގެ ރައީސް ކަމަށް ކުރިމަތިލުމަށް ހުޅުވައިލި ފުރުޞަު މިއަދުގެ ނިޔަލަށް ހަމަވާއިރު އެ މަޤާމަށް އެއްވެސް އިތުރު ފަރާތަކުން ކުރިމަތިލާނެ ކަމަކަށް ނުބެލެވެއެވެ.
ރާހުލް ގާނދީ ވަނީ ޕާޓީގެ ނައިބް ރައީސްކަން 5 އަަހަރު ވަންދެން ކުރައްވައިފައެވެ. ރާހުލްއަކީ ގާނދީ ޢާއިލާއަށް ނިޞްބަތްވެވަޑައިގަންނަވާ ބޭފުޅަކަށްވާތީ ޕާޓީގެ ރައީސްކަމަށް ރާހުލް ހަަމަޖެހުމުން ރައްޔިތުންގެ ތާއީދު ޕާޓީއަށް އިތުރުވެގެންދާނެ ކަމަށް ބެލެއެވެ.