ފުލުހުންނާއި ރ. ވާދޫގެ ޒުވާނުން ގުޅިގެން “ކޮމިއުނިޓީ ފުޓްސަލް ކަޕް” ގެ ނަމުގައި މުބާރާތެއް ބާއްވައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 43ސ
ފުލުހުންނާއި ރ. ވާދޫގެ ޒުވާނުން ގުޅިގެން “ކޮމިއުނިޓީ ފުޓްސަލް ކަޕް” ގެ ނަމުގައި މުބާރާތެއް ބާއްވައިފި
ރ. ވާދޫ ޕޮލިސް ޑެސްކުގައި މަސައްކަތްކުރާ ފުލުހުންނާއި ރ. ވާދޫގެ ޒުވާނުން ގުޅިގެން "ކޮމިއުނިޓީ ފުޓްސަލް ކަޕް" ގެ ނަމުގައި މުބާރާތެއް ބާއްވައިފިއެވެ.
މިޑިސެމްބަރު މަހުގެ 1 ން 3 އަށް ރ. ވާދޫ ފުޓްސަލް ދަނޑުގައި ކުރިއަށް ގެންދިޔަ މި މުބާރާތުގައި ޖުމްލަ ހަތަރު ޓީމަކުން ބައިވެރިވެފައިވެއެވެ. މިމުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ އެފްސީ ލިއޯނާއެވެ. އެޓީމު މުބާރާތުގެ ޗެމްޕިއަންކަން ހޯދީ އިއްޔެ ކުޅުނު ފައިނަލް މެޗުގައި ބުރުއާން ސިޓީ އާވާދަކޮށް 8-4 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ.ފުލުހުންނާއި ވާދޫގެ ޒުވާނުން ގުޅިގެން ބޭއްވި މި ފުޓްސަލް މުބާރާތަކީ ފުލުހުންނާ ޒުވާނުންނާ ދެމެދު އޮތް ގުޅުން މިހާރަށްވުރެ ބަދަހިކުރުމުގެ ގޮތުންނާއި ވާދޫގައި ޒުވާން ހުނަރުވެރި ކުޅުންތެރިން އުފައްދައި ކުށްމަދުކުރުމަށް ހޭލުންތެރިކަން އިތުރުކުރުމުގެ މަޤުޞަދުގައި ބޭއްވި މުބާރާތެކެވެ.
މިއަދު އޮންލައިން