ޑައިވިންގއަށް ގޮސް އުޅެނިކޮށް މިއަރެއް ދަތް އެޅުމުގެ ސަބަބުން އެމެރިކާގެ ފައިނޭންސަރެއް ކަމަށްވާ އުމުރުން 49 އަހަރުގެ ރޮހީނާ ބަންދާރީ މަރުވެއްޖެއެވެ.
ޑަބްލިޔޫ އެލް ރޮސް އެންޑް ކޮމްޕެނީ އެލްއެލްގެ ޑިރެކްޓަރެއްގެ ގޮތުންނާއި ފިނޭންޝަލް މެނޭޖަރެއްގެ ގޮތުން މަސައްކަތްކުރަމުން އައި ރޮހީނާގެ ދެފައިގައި މިއަރެއް ދަތް އެޅީ ކޮކޯސް އައިލަންޑް ކައިރިންނެވެ. އޭނާ މަރުވީ ހޮސްޕިޓަލަށް ގެންދިއަފަހުންނެވެ.
މިހާދިސާގައި އޭނާގެ ޑައިވިންގ އިންސްޓްރަކްޓަރަށްވެސް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފައެވެ.
ކޮސްޓާ ރިކާގެ ނޫސްތައް ބުނާގޮތުން މިއަރު އަންނަތަން އިންސްޓްރަކްޓަރަށް ފެނުނެވެ. ނަމަވެސް ހުއްޓުވަން ކުރިއެއްވެސް މަސައްކަތެއް ކާމިޔާބުނުވެގެން އުޅެނިކޮށް އައިސް ރޮހީނާގެ ފައިގައި ދަތް އެޅީއެވެ.