ދުބާއީގެ ސަރުކާރުން ނަގާ ވެޓް ޓެކްސް އާއި ގުޅުވައިގެން މުދަލުގެ އަގުތައް ބޮޑުކުރާނަމަ އެކަންކުރާ ފަރާތްތައް 100،000 ދިރުހަމުން ޖުރުމަނާކުރަން އެ ޤައުމުގެ ސަރުކާރުން ނިންމައިފިއެވެ.
ސަރުކާރުން ބުނެފައިވަނީ ވެޓް ޓެކްސް ނަގަން ފެށުމަކީ މުދަލުގެ އަގުތައް އުފުލަންޖެހެންވީ ސަބަބެއް ނޫން ކަމަށާއި ހަމައެކަނި ކުރަންޖެހޭނެ ކަމަކީ މުދަލުގެ އަގަށް ޓެކްސް އިތުރުކުރުން ކަމަށެވެ.
ސަރުކާރުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ ޓެކްސް ތަޢާރަފްކުރުމުން ނަގަންޖެހޭ ޓެކްސް ނެގުމުގެ އިތުރަށް މުދަލުގެ އަގުތައް ބައެއް ފިހާރަތަކުން އުފުލާތީ އެކަން ހުއްޓުވުމަށެވެ.
ރާއްޖޭގައި ޖީއެސްޓީ ތަޢާރަފްކުރުމާއިއެކު މިފަދަ މައްސަލަތައް ދަނީ ފެންމަތިވަމުންނެވެ.