މިއަހަރުގެ ޑިސެމްބަރ މަސް ނިމުމުގެ ކުރިން ޗައިނާގެ ޖިއަންޒީ ޕްރޮވިންސްގައި މޮބައިލް ޕޭ ސްޓޭޝަންތަކެއް ޤާއިމުކުރަން ނިންމާފައިވާކަމަށް އެ ޤައުމުގެ ހައިވޭ އެޑްމިނިސްޓްރޭޝަނުން ބުނެފިއެވެ.
އެ އެޑްމިނިސްޓްރޭޝަނުން ބުނީ މިއީ ވީހާވެސް މަދުން ފައިސާ ގެންގުޅުމުގެ އާދަ މީހުންގެ ގައިގާ އަށަގެންނެވުމުގެ ގޮތުން ކުރާ ކަމެއް ކަމަށެވެ. އަދި ޑިސެމްބަރ މަސް ނިމުމުގެ ކުރިން ޖިއަންޒީ ޕްރޮވިންސްގެ 800 ހައިވޭ ލޭންތަކުގައި މި ނިޒާމު ޤާއިމުކުރާނެ ކަމަށެވެ.
އެ އިދާރާއިން ބުނީ ހުރިހާ ސްޓޭޝަންތަކެއްގައި ސްކޭނިންގ ޑިވައިސް މިހާރު ބަހައްޓާފައިވާ ކަމަށާއި މިހާރުވެސް ބައެއް ސަރަހައްދުތަކުގައި މި ޚިދުމަތް ބޭނުންކުރަމުން އަންނަ ކަމަށެވެ. އަދި މި އަހަރުގެ އޮކްޓޯބަރ މަހުގެ ނިޔަލަށް މިފަދަ 335 ސްޓޭޝަން ބަހައްޓާފައިވާ ކަމަށެވެ.
2017 ވަނަ އަހަރުގެ ދެވަނަ ކްއާޓަރގައި މޮބައިލް ޕޭ ޓްރާންސެކްޝަން ހެދި ޢަދަދު ވަނީ 23 ޓްރިލިއަން ޔުއާން (ގާތްގަޑަކަށް 3.46 ޓްރިލިއަން ޔޫއެސް ޑޮލަރ) އަށް އަރާފައެވެ. ފުރަތަމަ ކްއާޓަރ އާއިއަޅާ ބަލާ އިރު، މިއީ 22.5 އިންސައްތައިގެ ކުރިއެރުމެކެވެ.
ޗައިނާގެ ތަފާސް ހިސާބުތައް ދައްކާގޮތުން 2017 ޖޫން މަހުގެ ނިޔަލަށް އެ ޤައުމުގައި 724 މިލިއަން މީހުން މޮބައިލް ފޯނު ބޭނުން ކުރެއެވެ. އަދި އޭގެ ތެރެއިން ގިނަ މީހުން ވިޔަފާރިކޮށް ފައިސާ ދެއްކުމަށް ޚިޔާރު ކުރަނީ މޮބައިލް ޕޭ އެވެ.