ބިޔަ ޑައިމަންޑެއް 6.5 މިލިއަން ޑޮލަރަށް ވިއްކާލައިފި
ސިއެރާ ލިއޯނުން ފެނިފައިވާ ބިޔަ ޑައިމަންޑެއް ނީލަމުގައި 6.5 މިލިއަން ޑޮލަރަށް ވިއްކާލައިފިއެވެ.
ނިޔުޔޯކުގައި ކުރިއަށް ގެންދިއަ ނީލަމުގައި ކުކުޅު ބިހެއްގެ ސައިޒުގައި އޮތް 709 ކެރެޓުގެ މި ޑައިމަންޑް ގަނެފައިވަނީ އެމެރިކާގައި ޖަވާހިރުގެ ވިޔަފާރިކުރާ ބިލިއަނަރެކެވެ.
ސިއެރާ ލިއޯނުގެ ސަރުކާރުން މި ޑައިމަންޑް ނީލަމުގައި ވިއްކައިލީ ޤައުމުގައި ހިންގަންޖެހޭ މަޝްރޫއުތަކަށް ބޭނުންވާ ފައިސާ ހޯދުމުގެ ބޭނުމުގައެވެ. ވިއްކައިގެން ސަރުކާރަށް ޓެކްސްގެ ގޮތުގައި ލިބޭ ފައިސާ ހޭދަކުރާނެކަމަށް ސަރުކާރުން ބުނީ ސާފު ބޯފެން ފޯރުކޮށްދޭ ނިޒާމުތައް ޤާއިމުކުރުމަށާއި ސްކޫލްތައް ހިންގުމަށެވެ.
ސިއެރާ ލިއޯނަކީ ޑައިމަންޑުގެ މުއްސަނދިކަން ލިބިފައިވާ ޤައުމެކެވެ. ހަނގުރާމަވެރިން ހަތިޔާރުގަންނަން ޑައިމަންޑް ވިއްކާތީ އދ އިން ވަނީ އެ ޤައުމުން ޑައިމަންޑް އެކްޕޯޓް ކުރުން އަހަރުތަކެއްކުރިން މާނަކޮށްފައެވެ. ހުއްދަ ދިނީ 2003 ވަނަ އަަހަރުއެވެ. އެކްސްޕޯޓްކުރުން މަނާކުރި ނަމަވެސް ސްމަގްލް ކުރާތީ އަބަދުވެސް ގިނަ އަދަދެއްގެ ޑައިމަންޑް ޤައުމުން ދަނީ ބޭރުވަމުންނެވެ.