ޗައިނާ އާއި ތައިލެންޑާ ދެމެދު އަޅާ ރޭލްވޭގެ އީއައިއޭ ހަދާ ނިމިއްޖެ – ޢަމަލީ މަސައްކަތް މި މަހު ފަށަނީ..

ކިޔުމަށް ހޭދަވާނީ 42ސ
ޗައިނާ އާއި ތައިލެންޑާ ދެމެދު އަޅާ ރޭލްވޭގެ އީއައިއޭ ހަދާ ނިމިއްޖެ – ޢަމަލީ މަސައްކަތް މި މަހު ފަށަނީ..
ޗައިނާ އާއި ތައިލެންޑާ ދެމެދު ޤާއިމުކުރާ ރޭލްވޭ އެޅުމަށް ހަދަންޖެހޭ އެންވަޔަރްމެންޓަލް އިންޕެކްޓް އެސެސްމެންޓް (އީއައިއޭ) ހަދާ ނިމި، އެ ރިޕޯޓު ފާސްކޮށްފައިވާ ޒިންހުއާ ނޫސް އެޖެންސީން ބުނެފިއެވެ.

އެ އެޖެންސީން ބުނެފައިވަނީ 3.5 ކިލޯ މީޓަރުގެ ރޭލްވޭގެ ޢަމަލީ މަސައްކަތް މި މަހުގެ ތެރޭގައި ފަށާނެކަމަށެވެ.

މިއީ ދެ ޤައުމުގެ ދެމެދުގައި ދަތުރުފަތުރުގެ ނިޒާމް މިހާރަށްވުރެ ހަރުދަނާކޮށް، ފަސޭހަގޮތެއްގައި އެއްޤައުމުން އަނެއް ޤައުމަށް ދަތުރުކުރެވޭނެ މަގު ފަހިކޮށްދިނުމަށް ޤާއިމުކުރާ ރޭލްވޭ އެކެވެ. އަދި މިކަމުގެ ސަބަބުން ޖީބަށް ލުއި އަވަސް ޚިދުމަތްތަކެއް ދަތުރުވެރިންނަށް ލިބިގެންދާނެ ކަމަށްވެސް ދެ ޤައުމުން ބުނެއެވެ.

ޗައިނާ އާއި ތައިލެންޑާ ދެމެދު ޤާއިމުކުރަނީ އެންމެ ޒަމާނީ، އެންމެ ހައި-ސްޕީޑުގެ ރޭލްވޭ އެވެ.
މިއަދު އޮންލައިން