ޤައުމީ ވޮލީ ލީގުގެ އަންހެން ބައިގެ ފުރަތަމަ ބުރު ނިމިއްޖެ

ކިޔުމަށް ހޭދަވާނީ 53ސ
ޤައުމީ ވޮލީ ލީގުގެ އަންހެން ބައިގެ ފުރަތަމަ ބުރު ނިމިއްޖެ
ސީލައިފް ގްލޯބަލް ޤައުމީ ވޮލީބޯޅަ ލީގުގައި އަންހެންބައިގެ ފުރަތަމަ ބުރުގެ ފަހު މެޗު، މިއަދު ހަވީރު ކުޅެ ނިމިއްޖެއެވެ.

ފުރަތަމަ ބުރުގެ ފަހު މެޗުގައި ޕޮލިސް ކްލަބްގެ މައްޗަށް މޯލްޑިވިއަންއުން ކުރި ހޯދީ ތިން ސެޓު ދެ ސެޓުންނެވެ.

ދެ ޓީމުގެ ފަރާތުން ވެސް އާދައިގެ ކުޅުމެއް ފެނިގެން ދިޔަ މު މެޗުގައި މޯލްޑިވިއަންއިން ސެޓްތައް ގެންދިޔައީ 14-25، 25-22، 16-25، 25-22، އަދި 17-15 އިންނެވެ.

މި މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމު ލިބުނީ މޯލްޑިވިއަންގެ ބިދޭސީ ކުޅުންތެރިޔާ ބުވާލީއަށެވެ.

ލީގުގެ އަންހެން ބައިގެ ފުރަތަމަ ބުރު ނިމިފައިވާއިރު، ކުޅުނު ހުރިހާ މެޗަކުން ވެސް މޮޅުވެ، ހަ ޕޮއިންޓާއެކު ލީގު ތާވަލުގެ އެއްވަނައިގައި އޮތީ ޏ.ފުވައްމުލަކުގެ މިސްކިތްމަގު އެންމެންގެ ގުޅުމެވެ. ތިން ޕޮއިންޓް ލިބިގެން ދެވަނައިގައި އޮތީ މޯލްޑިވިއަން ރެކްރިއޭޝަން ކްލަބެވެ. ކުޅުނު ދެ މެޗުން ވެސް ބަލިގެން ފުލުގައި އޮތީ ޕޮލިސް ކްލަބެވެ.
މިއަދު އޮންލައިން