ޔަމަނުގެ ރައީސް ޞާލިޙް އަކީ ބަޠޮލެއް: ރަޣާދު ޞައްދާމް ޙުސައިން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 13ސ
ޔަމަނުގެ ރައީސް ޞާލިޙް އަކީ ބަޠޮލެއް: ރަޣާދު ޞައްދާމް ޙުސައިން
ހޯމަ ދުވަހު ހޫތީން އަވަހާރަކޮށްލި ޔަމަނުގެ ރައީސް ޢަލީ ޢަބްދުﷲ ޞާލިޙް އަކީ ޝަހީދެއް އަދި ވަރުގަދަ ބަތޮލެއް ކަަމަށް ވިދާޅުވެ އިރާޤުގެ ކުރީގެ ރައީސް ޞައްދާމް ޙުސައިންގެ ދަރިކަނބަލުން ރަޣާދު ޞައްދާމް ޙުސައިން، ރައީސް ޞާލިޙަށް ތަޢުރީފްކުރައްވައިފިއެވެ.

ޞާލިޙްގެ ޢާއިލާއަށް އެކަމަނާ ފޮނުއްވި ތައުޒިޔާގެ މެސެޖުގައި ވިދާޅުވީ ޞާލިޙް އަކީ ޝަހީދުކޮށްފައިވާ އެކަމަނާގެ ބައްޕާފުޅު ޞައްދާމް ޙުސައިނަށާއި ޢާއިލާއަށް ވަރަށް ބޮޑަށް ތާއީދުކުރެއްވެވި ލީޑަރެއް ކަމަށެވެ.

ފޮޓޯ ކެޕްޝަން: ސައްދާމް ހުސައިން އަވަހާރަކޮށްލުމަށް 40 ދުވަސް ފުރުން ފާހަގަކުރަން ޔަމަނުގައި ބޭއްވި ރަސްމިއްޔާތުގަ ރަޣާދު ބައިވެރިވެވަޑައިގަންނަވަނީ -7 ފެބްރުވަރީ 2007

"ހަމައެކަނި އަހަރެމެންގެ ޢާއިލާއަކަށް ނޫން. އިރާޤުގެ ރައްޔިތުންނަށް ޞާލިޙް ވަނީ އެހީތެރިކަން ފޯރުކޮށްދެއްވާފަ. ހިނގައިދިއަ ހުރިހާ ކަމެއް ވަނީ ހިނގައި ނިމިފަ. އެކަންކަން ނިމިގެން އެދިއައީ މާތްﷲ މިންވަރުފުޅު ކުރައްވައިފައިވާ ގޮތަށް. ކާމިޔާބު މާތްﷲ މިންވަރުފުޅު ކުރައްވަވާނެ. ޝަހީދުންނަށް ޙައްޤު ދަރަޖަ މާތްﷲ ދެއްވަވާނެ." އެކަމަނާގެ މެސެޖުގައިވެއެވެ.

ރަޣާދު ވިދާޅުވެފައިވަނީ ޤައުމަށް ގައްދާރުވާ ޚާއިނުން އަަބަދުވެސް އުޅޭނެ ކަމަށާއި އިރާޤަށް މެދުވެރިވެގެން ދިއައީ ވެސް އެ ޙާލަތު ކަމަށެވެ. އެމެރިކާގެ ހައްދުފަހަނައަޅައި ދިއަ އަނިޔާތައް އިރާޤަށް ކުރިމަތިވީ އަދި އެމެރިކާއަށް އިރާޤް ހިފުނީ އިރާޤުގެ ބައަކު ޤައުމަށް ޣައްދާރުވުމުން ކަމަށެވެ.

"އަޅުގަނޑުގެ ދުޢާއަކީ ޔަމަނަށްވެސް އަދި އިރާޤަށްވެސް ހަމަޖެހުން މާތްﷲ މިންވަރު ކުރެއްވެވުން. އެކަމަށް އެދި ދުޢާކުރުންމަތީގަ ދެމިހުންނާނަން" ކަމަށްވެސް އެކަމަނާ ވަނީ ވިދާޅުވެފައެވެ.
މިއަދު އޮންލައިން