އޭނާއަށް ވަނީ އެއްމާބަނޑު ދެ ދަރިން ލިބިފައެވެ. ދެ ދަރިންގެ އުފަންދުވަހު ހިޔުމަން ރައިޓްސް އެކްޓިވިސްޓުން ވަނީ އޭނާ އާއި ޖަލުގައި ބައްދަލުކޮށްފައެވެ.
އޭނާ ބުނިކަމަށްވަނީ ދަރިންގެ ފޮޓޯއެއް ވެސް މިހާރު އެނާގެ ަައަތުގައި ނެތްކަމަށާއި ދަރިންގެ ސިފަވެސް ހަނދާން ނެތް ކަމަށެވެ. އެކްޓިވިސްޓުން ބުނެފައިވަނީ އޭނާއަށް ވަނީ ނަފްސާނީ މައްސަލަތަކެއް ކުރިމަތިވެ ކަމަށާއި ނުރައްކާތެރި ހާލަތެއްގައި ކަމަށެވެ.
މުޙައްމަދީ އާއި ޢާއިލާގެ އެއްވެސް މީހަކު، ދަރިންވެސް ހިމެނޭ ގޮތަށް ބައްދަލުކުރުން މަނާކުރުމުން ދެ ދަރިން ގޮވައިގެން ފިރިމީހާ އުޅެނީ ޕެރިހުގައެވެ.
އުމުރުން 45 އަހަރުގެ މުހައްމަދީ އަކީ ޞުލްޙައިގެ ނޯބަލް ޕްރައިޒް ލިބުނު ފުރަތަމަ އީރާނުގެ އަންހެނާއެވެ. އެނާގެ މައްޗަށް 2016 ވަނަ އަހަރު އީރާނުގެ ކޯޓުން ވަނީ ޤައުމުގެ އެތެރޭގައި "ހަމަ ނުޖެހުން" އުފައްދާތީ 16 އަހަރުގެ ޖަލު ޙުކުމެއް އިއްވައިފައެވެ. ޙުކުމުން 10 އަހަރު ވަންދެން އިތުރު އެއްވެސް ޝަކުވާއެއްވެސް ހުށަނުއެޅޭ ގޮތަށެވެ.