މާޒިޔާ އަތުން ވެސް ސީލައިފް ބަލިވެއްޖެ

ކިޔުމަށް ހޭދަވާނީ 58ސ
މާޒިޔާ އަތުން ވެސް ސީލައިފް ބަލިވެއްޖެ
ސީލައިފް ގްލޯބަލް ޤައުމީ ވޮލީބޯޅަ ލީގުގައި ރޭ ފިރިހެން ބައިން ކުޅުނު މެޗު، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބް އަތުން ސީލައިފް ސްޕޯޓްސް ކްލަބް ބަލިވެއްޖެއެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރެ ކޯޓުގައި ރޭ ކުޅުނު މެޗުގައި ސީލައިފް ބަލިކޮށް މާޒިޔާ މޮޅުވީ ތިން ސެޓު ދެ ސެޓުންނެވެ.

މި މެޗުގެ ސެޓުތައް މާޒިޔާއަށް ގެންދެވިފައިވަނީ 23-25، 25-15، 16-25، 25-19، އަދި 15-12 އެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދީ މާޒިޔާގެ އަޝަންއެވެ.

ޤައުމީ ޓީމުގެ ގިނަ ކުޅުންތެރިން ހިމެނޭ ވަރުގަދަ ސީލައިފް މި މުބާރާތުން ނެރެމުން އަންނަނީ ދަށް ނަތީޖާއެކެވެ. ތިން މެޗު ކުޅުނުއިރު، އަދި އެންމެ މެޗަކުން ވެސް މޮޅުވެފައި ނެތެވެ.

މިއީ މާޒިޔާ، މި މުބާރާތުގައި ހޯދި ފުރަތަމަ މޮޅެވެ.

މި މުބާރާތުގައި މިއަދު ހަވީރު ކުޅޭނީ އަންހެން ބައިން ޏ.ފުވައްމުލަކު މިސްކިތްމަގު އެންމެންގެ ގުޅުމާއި ޕޮލިސް ކްލަބެވެ. ފިރިހެން ބައިން ދެން ކުޅޭ މެޗުގައި މިރޭ ބައްދަލުކުރާނީ މޯލްޑިވިއަން ރެކްރިއޭޝަން ކްލަބާއި ދިވެހި ސިފައިންގެ ކްލަބެވެ.
މިއަދު އޮންލައިން