ވައި ނުސާފުވުމުގެ ސަބަބުން ލަންކާގެ ކުޅުންތެރިއަކު ދިއްލީ ދަނޑުމައްޗަށް ހޮޑުލައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 43ސ
ވައި ނުސާފުވުމުގެ ސަބަބުން ލަންކާގެ ކުޅުންތެރިއަކު ދިއްލީ ދަނޑުމައްޗަށް ހޮޑުލައިފި
ވައި ނުސާފުވުމުގެ ސަބަބުން އިންޑިއާގެ ވެރިރަށް ދިއްލީގައި ލަންކާ އާއި އިންޑިއާގެ މެދުގައި ކުޅުނު އިންޓަރނޭޝަނަލް ކްރިކެޓް މެޗެއްގައި ލަންކާގެ ކުޅުންތެރިއަކު ދަނޑުމައްޗަށް ހޮޑުލައިފިއެވެ.

ހޮޑުލެވުނީ ސުރަންގާ ލަކްމާލް އަށެވެ. "އެސަރަހައްދުގައި ވަނީ ކުނި ވަޔާ ވިހަ ގޭސްތައް. ކިޔުބިކް މީޓަރަކަށް 300 މައިކްރޮގްރާމް އެބަހުރި. މިއީ ޑަބްލިޔޫއެޗްއޯގެ މިންގަނޑުތަކަށްވުރެ 12 ގުނަ އިތުރު އަދަދެއް."

ލަކްމާލްއަށް ވަނީ ޗޭންޖިންގ ރޫމް ތެރޭގައިވެސް އެތައް ފަހަރަކު ހޮޑުލެވިފައެވެ. އެހެން ބައެއް ކުޅުންތެރިންނަށްވެސް ވަނީ ތަފާތު މައްސަލަތައް ކުރިމަތިވެފައެވެ.

ދިއްލީއަށް ކުރިމަތިވެފައިވާ މި ފަދަ މައްސަލަތައް މުލި އަހަރަށް ދިގުލައިދާތީ ކްރިކެޓް ފަދަ ގިނަ ވަގުތު ދަނޑުމަތީގައި ހޭދަކުރަންޖެހޭ ކުޅިވަރުތައް ދިއްލީގައި ކުރިއަށް ގެންދިއުމާއިމެދު މިހާރު ވަނީ ގިނަ ސުވާލުތަކެއް އުފެދިފައެވެ.
މިއަދު އޮންލައިން