މިއަދަކީ ޓްރަމްޕުގެ ޖައްބާރުކަން އިތުރަށް ހާމަވެގެންދާނެ ދުވަހެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ
މިއަދަކީ ޓްރަމްޕުގެ ޖައްބާރުކަން އިތުރަށް ހާމަވެގެންދާނެ ދުވަހެއް!
ބެލެވޭ ގޮތުން މިއަދުގެ މެންދުރުގެ ވަގުތެއްގައި ޖެރޫސަލަމަކީ އިޒްރޭލުގެ ވެރިރަށް ކަމަށް އެމެރިކާއިން ޤަބޫލުކޮށް އެކަން އިއުލާނުކުރާނެއެވެ. އަދި ޓެލްއަވިވުގައި ހުރި އެމެރިކާގެ އެމްބަސީ ޖެރޫސަލަމަށް ބަދަލުކުރުމަށް އަމުރުނެރެ އެކަމަށް އިމާރާތެއް ހޯދަން ޚާރިޖިއްޔާއަށް އަންގާނެއެވެ.

ޓްރަމްޕުގެ އަނބިމިހާއަކީ ޔަހުދީއަކަށްވާތީ އޭނާ އާއި ޔަހޫދީން ރުއްސުމަށް ޓްރަމްޕް މިކުރާ ކަންތައްތަކާއި މުޅި ދުނިޔެއިން ދަނީ ދެކޮޅު ހަދަމުންނެވެ. އެކަން ނުކުރުމަށް ގޮވާލަމުންނެވެ. ނަމަވެސް ޓްރަމްޕް ހުރީ މިއިން އެއްވެސް އަޑެއް އަހާ ގޮތަކަށް ނޫނެވެ.

މިކަންކަމަކީ އެމެރިކާއިން ކުރަން ބޭނުންވެގެން ތިބޭތާ ގިނަ ދުވަސްތަކެއް ވެފައިވާ ކަންކަމެވެ. ތަންފީޒު ނުކުރެވި ދިގުލަމުން އައީ ދުނިޔޭގެ ނުރުހުންތަކަށް ކެތް ނުކުރެވިގެންނެވެ. ނަމަވެސް ޓްރަމްޕަކީ ދެވަނަ ފަރާތަކަށް ބަލައި އުޅޭ މީހަކަށް ނުވާތީ ބާރުލިބުމުން އެކަންކަން ކޮށް ނިންމައިލަނީ އެވެ.

ބައެއް ފަރާތްތަކުން ބުނަނީ އެމެރިކާ ބޭނުންވި ނަމަވެސް އެމެރިކާގެ އެމްބަސީ ހިންގަން އެކަށީގެންވާ އިމާރާތެއް ވެސް މިހާރު ޖެރޫސަލަމުގައި ނެތް ކަމަށާއި އިމާރާތެއް ކުރަން 4 އަހަރުވަރު ބޭނުންވާނެ ކަމަށެވެ. އެހެންކަމަށް ވެއްޖެނަމަ ޓްރަމުގެ ފުރަތަމަ ދައުރުގައި އެކަން ނުކުރެވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.
މިއަދު އޮންލައިން