300 މިލިއަން ޑޮލަރު ދިނުމަށްފަހު ޗައިނާއިން ހަންބަންޓޮޓާ ބަނދަރު ހިންގަން ފަށަނީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 32ސ
300 މިލިއަން ޑޮލަރު ދިނުމަށްފަހު ޗައިނާއިން ހަންބަންޓޮޓާ ބަނދަރު ހިންގަން ފަށަނީ
300 މިލިއަން ޑޮލަރު ދިނުމަށްފަހު ޗައިނާ އިން ސްރީލަންކާގެ ހަންބަންޓޮޓާގައި ތަރައްޤިކޮށްފައިވާ ބަނދަރު އަންނަ ހޮނިހިރު ދުވަހު ހުޅުވައި ހިންގަން ފަށަން ހަމަޖެހިއްޖެއެވެ.

99 އަހަރަށް ބަނދަރު ދިނުމަށް ނިންމާފައިވަނީ 1.1 ބިލިއަން ޑޮލަރަށެވެ. މިއީ ފުރަތަމަ ޕޭމަންޓެވެ. ބަނދަރު ޗައިނާއަށް ދިނުމުން ހިންގާނީ ޗައިނާ މަރޗަންޓްސް ޕޯރޓް ހޯލްޑިންގްސް އިންނެވެ.

ބަނދަރު ހިންގަން ފެށުން ލަސްވެގެން އައީ އެކަމާއި ދެކޮޅަށް ލަންކާގެ ރައްޔިތުން ނުކުމެ މުޒާހަރާތައް ކުރުމުންނެވެ. ބަނދަރު ޗައިނާއަށް ދިނުމަށް އެމެރިކާ، ޖަޕާނު ފަދަ ޤައުމުތަކުންވެސް ދަނީ ދެކޮޅު ހަދަމުންނެވެ.
މިއަދު އޮންލައިން