އަވައްޓެރި އިންޑިއާ އަކީ ކުޑަކުދިންނަށް އެކިކަހަލަ ޖިސްމާނީ އަނިޔާތައް ދިނުމުން ނަން މަޝްހޫރުވެފައިވާ ޤައުމެކެވެ.
މިނޭދެވޭ ޢަމަލު ހުއްޓުވުމަށް އިންޑިއާ ސަރުކާރުން ވަނީ ދާދި ފަހުން ބިލެއް ވެސް ފާސްކޮށްފައެވެ. އެއީ ކުޑަކުދިންނަށް ޖިސްމާނީ ގޯނާ ކުރާމީހުން ނުވަތަ ޖިސްމާނީ ފުރައްސާރަ ކުރާ މީހުން ދަންޖައްސާ މެރުމަށް ކަނޑައަޅާ ފާސް ކޮށްފައިވާ ބިލެކެވެ.
ނަމަވެސް މިބިލް ފާސް ކުރިތާ މާގިނައިރެއް ނުވެ، އިންޑިއާގެ ޗަންދަރް އަވަށުގައި މީހަކުވަނީ އުމުރުން އެންމެ އަށް އަހަރުގެ ކުޑަ އަންހެން ކުއްޖަކު ރޭޕް ކޮށްފައެވެ.
އެޤައުމުގެ މީޑިއާތަކުން ހާމަކޮށްފައިވާ ގޮތުގައި އެކުއްޖާ ރޭޕް ކޮށްފައިވަނީ އޭނާގެ އަވައްޓެރިއެއް ކަމަށްވާ އުމުރުން 19 އަހަރުގެ ސަންދީޕް ޗަގަންލާލް ކިޔާ މީހެކެވެ. އޭނާއާއި ދެކޮޅަށް މިހާރު ޗަންދަރް ޕޮލިސް ސްޓޭޝަންގައި މައްސަލަ ޖައްސާފައިވާ ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.
ޑެއްކަން ކްރިނިކަލް އިން މައުލޫމާތު ދީފައިވާ ގޮތުގައި، އުމުރުން އަށް އަހަރުގެ އެކުއްޖާ، އެހެން ކުދިންތަކަކާއިއެކު ޓީވީ ބަލަން އިންދާ ސަންދީޕް ވަނީ އެގެއަށް ގޮސްފައެވެ. އަދި ސަންދީޕް އެކުއްޖާ ރޭޕް ކުރީ، އެވަގުތު އެތަނުގައި ތިބި އެހެން ކުދިންތައް ކޮޓަރިން ބޭރަށް ފޮނުވާލާފައިކަމަށާއި އެއީ އެކުއްޖާގެ މައިންބަފައިން ވެސް ގޭގައި ނެތް ވަގުތެއްކަމަށް މައުލޫމާތު ލިބިފައިވެއެވެ.