3.1 މިލިއަން ޑޮލަރު ހޭދަކޮށްގެން ސައުދީގެ 7،550 އަންހެނުން ޑްރައިވިންގ ލައިސަންސް ނަގައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 39ސ
3.1 މިލިއަން ޑޮލަރު ހޭދަކޮށްގެން ސައުދީގެ 7،550 އަންހެނުން ޑްރައިވިންގ ލައިސަންސް ނަގައިފި
3.1 މިލިއަން ޑޮލަރު ހޭދަކޮށްގެން ސައުދީގެ 7،550 އަންހެނުން ޑްރައިވިންގ ލައިސަންސް ނަގައިފިއެވެ. މިއީ ސައުދީ ރިޔާލައިން ބަލައިފިނަމަ 11.6 މިލިއަން ރިޔާލައެވެ.

ޑްރައިވިންގ ލައިސަންސަކަށް 1540 ރިޔާލަ ހޭދަކޮށްގެން ލައިސަންސްތައް ނަގާފައިވަނީ ބަހްރައިނާއި ޔޫއޭއީ އާއި އުރުދުން އިންނެވެ. އެއީ ސައުދީ އަރަބިޔާގައި ލައިސަންސް ދޭނެ ތަންތަން އަދި މަދުކަމުންނެވެ.

މިއެންމެންވެސް ލައިސަންސް ނަގާފައިވަނީ ޓެސްތުގައި ބައިވެރިވެ ފާސްވެގެންނެވެ.

އަންހެނުންނަށް ކާރު ދުއްވުމުގެ ހުއްދަ ދެއްވަން ސަލްމާން ރަސްގެފާނު ނިންމެވުމުން އަންހެނުންގެ ބޮޑު ތަރުޙީބެއް ދަނީ އެކަމަށް ލިބެމުންނެވެ. އެކަމަށް ދެކޮޅު ހަދާ އިލްމުވެރިންގެ ގިނަ ބައަކު މިހާރު ވަނީ ޖަލުގައި ބަންދުކޮށްފައެވެ.
މިއަދު އޮންލައިން