ސްޓްރޯކެއް ޖެހުމުގެ ސަބަބުން ކާރލާ ބްރޫކްސް ގެ ފިރިމީހާ ނުކުޅެދުންތެރިކަން ހުންނަ މީހެއް ކަމުގައިވިއެވެ. އެހެންކަމުން 20 އަހަރުދުވަސް ކާރލާ ހޭދަކުރީ އޭނާގެ ފިރިމީހާ ބެލުމުގައާއި އާއިލާގެ ހުރިހާ ކަމެއް ހަމަ ޖެއްސުމުގައެވެ.
މިިހުރިހާކަމެއް އެންމެ ގާތުން ދުށް އެކަކީ ކާރލާގެ ފިރިހެން ދަރި ބާޓަން އެވެ. އަމިއްލަ ނިންޖާއި އަރާމު ނަގާލާ، ބައްޕަގެ ހުރިހާ ކަންކަމާއި ގޭތެރޭގެ ކަންކަން ހަމަޖެއްސުމުގައި އޭނާގެ މަންމަ 20 އަހަރުވަންދެން ބުރަކޮށް އުޅުނު މަންޒަރު އޭނާއަށް ފެނުނެވެ. އޭނާގެ މަންމަގެ ހިތްވަރުގަދަ ކަމަށް އޭނާ އަބަދުވެސް ސަނާ ކިޔައެވެ.
ބައްޕަ މިދުނިޔެއާއި ވަކިވެގެން ދިޔަފަހުން، ބާޓަންގެ މަންމަ އެކަނިވެރިވިއެވެ. ތަންކޮޅެއް ކުރީގެ އަލްބަމެއް ބަލާލިއިރު ބާޓަން އަށް ފެނުނީ އޭނާގެ މަންމަ ވަރަށް އުފަލުން ހުރި މަންޒަރުތަކެކެވެ.އެހެންކަމުން ބާޓަން ބޭނުންވީ އޭނާގެ މަންމަ ގެ ހަޔާތަށް އަލުން އުފާވެރިކަމެއް ގެންނާށެވެ.
އެގޮތުން އޭނާ ނިންމީ، މަންމަ ކޮށްދިން ހުރިހާ ކަމެއްގެ އަގު ވަޒަން ކުރުމުގެ ގޮތުން ޔޫރަޕްގެ 20 ޤައުމަކަށް މަންމަ ގޮވައިގެން ޒިޔާރަތް ކުރުމަށެވެ. އެއީ އޭނާއާއި އޭނާގެ ބައްޕައަށްޓަކައި އެމަންމަ ހޭދަކުރި 20 އަހަރު ދުވަހުގެ އަގު ވަޒަން ކުރުމުގެ ގޮތުންނެވެ.
އޭނާގެ މަންމައާއި އެކު ޔޫރަޕް ގެ 20 ޤައުމަކަށް ދަތުރު ކުރުމަށް ބާޓަން ދަތުރު ފަށާފައިވަނީ މިއަހަރުގެ ސެޕްޓެމްބަރ މަހުގެ 29 ވަނަ ދުވަހުއެވެ. އޭނާ ބުނި ގޮތުގައި މިފަދަ ދަތުރެއް އޭނާގެ މަންމަ އަށް ހަދިޔާ ކުރުމުގެ އެންމެ ބޮޑު ބޭނުމަކީ، އޭނާގެ މަންމަ ހިތްހަމަ ޖައްސާދީ އުފާކޮށްދިނުމެވެ.