މީހުން އަދިވެސް އިންޓަރނެޓުން އެންމެ ގިނައިން ހޯދަނީ ސަނީ ލިއޯނީ

ކިޔުމަށް ހޭދަވާނީ 1މ 9ސ
މީހުން އަދިވެސް އިންޓަރނެޓުން އެންމެ ގިނައިން ހޯދަނީ ސަނީ ލިއޯނީ
މިއަހަރުވެސް ނިމުމަކާއި ހަމައަށް އައިސްފައިވާ އިރު، މީހުން އިންޓަރނެޓުން އެންމެ ގިނައިން ހޯދާފައިވަނީ ކޮން ސެލެބްރިޓީ އަކާއިބެހޭ މައުލޫމާތު ތަކެއްތޯ މިއަހަރުވެސް ވަނީ ބަލާފައެވެ. މިއީ އާދަވެގެން ކޮންމެ އަހަރެއްގެ ވެސް ފަހުކޮޅު ޔާހޫ އިޔަރ އިން ރިވިއު (ވައިއައިއާރް) އިން ކުރާ ސަރވޭ އެކެވެ.

އެގޮތުން މިއަހަރުގެ ނަތީޖާއަށް ބަލާލާއިރު، އިންޑިއާ ގެ އަންހެން ސެލެބްރިޓީއިންގެ ތެރެއިން މިފަހަރުވެސް ކުރި ހޯދާފައިމިވަނީ ބޮލީވުޑް ގެ "ބޭބީ ޑޯލް" ސަނީ ލިއޯނީ އެވެ.

ސަނީ ލިއޯނީ ވަނީ މިދިޔަ އަހަރުވެސް މިމަގާމު ހޯދާފައެވެ. މިއަހަރު އޭނާއާއި ދެން އެންމެ ވާދަ ކޮށްފައިވަނީ ހޮލީވުޑް ގައި ވެސް ފައިތިލަ ސާބިތު ކޮށްފައިވާ ކުޅަދާނަ އެކްޓްރެސް ޕްރިޔާންކާ ޗޯޕްރާ އެވެ. ތިން ވަނަ އަށް އެންމެ ގިނަބަޔަކު އިންޓަރނެޓުން މައުލޫމާތު ހޯދާފައިވަނީ ރީތީގެ ރާނީ އައިޝްވާރްޔާ ރާއި ބަޗަން އާއި ބެހޭގޮތުންނެވެ.

މިއަހަރަށް ބަލާއިރު ޚަބަރުތަކުގެ ފަލަ ސުރުހީއަށް ސަނީ އެންމެ ބޮޑަށް އަރާފައިވަނީ، ޖުލައި މަހު އޭނާއާއި އޭނާގެ ފިރިމީހާ ޑެނިއެލް ވެބަރ ކުޑަ އަންހެން ކުއްޖަކު އެޑޮޕްޓް ކުރި ޚަބަރުންނެވެ. އޭގެ ފަހުން އެދެމަފިރިން ވަނީ، ތަފާތު އެކިއެކި ޓެސްޓުތައް ހެދުމުން ޖަނަވާރުންތައް ސަލާމަތް ކުރުމަށް ގޮވާލާ އިސްތިހާރެއް ވެސް ކުޅެފައެވެ. މިދެކަމަކީ ވެސް ސަނީއަށް ގިނަ ބައެއްގެ ފަރާތުން ވަރަށް ހޫނު ތަރުހީބެއް ލިބުނު ދެ ކަމެވެ.



މިއަދު އޮންލައިން