އެމެރިކާއިން ޖެރޫސަލަމަކީ އިޒްރޭލުގެ ވެރިރަށް ކަމަށް ޤަބޫލުކުރަން އުޅޭތީ އެކަމާއި ދެކޮޅަށް ޗައިނާ އާއި އިނގިރޭސިވިލާތް އަދި ޖަރުމަނީ ފަދަ ޤައުމުތަކުން ގެންދަނީ ބަސް ބުނަމުންނެވެ.
ޗައިނާ އިން ބުނީ އެމެރިކާއިން މަސައްކަތްކުރަނީ މެދުއިރުމަތީގައި ހުރި މައްސަލަތައް އިތުރަށް ހޫނުކޮށް ބޮޑު ހަމަނުޖެހުމެއްގެ ތެރެއަށް ވައްޓާލަން ކަމަށެވެ.
ޗައިނާގެ ޚާރިޖިއްޔާ އިން ބުނީ މިއީ މެދުއިރުމަތީގެ މައްސަލަތައް އިތުރަށް ހޫނުކުރަން ކަންކަން ކުރަންވީ ވަގުތެއް ނޫން ކަމަށާއި ހުރިހާ ޤައުމުތަކުންވެސް އެއްބާރުލުން ދީގެން މަސައްކަތްކުރަންވީ މައްސަލަތައް ހައްލުކުރުމަށް ކަމަށެވެ.
އދ އާއި ޖަރުމަން އަދި އިނގިރޭސިވިލާތުން ވެސް ވަނީ މިމޭރުމުން ބަޔާންތައް ނެރެފައެވެ.
އދ އިން ބުނެފައިވަނީ އދ އިން އަބަދުވެސް ހުށަހަޅަމުން ގެންދަނީ މަޝްވަރާކުރަން ކަމަށެވެ. އިތުރު ހަނގުރާމަތައް އުފެދި ހަމަނުޖެހުންތައް އުފެދުމުގެ ފުރުޞަތު ނުދިނުމަށް ކަމަށެވެ.