ޓެލްއަވީވުގައި ހުރި އެމެރިކާ އެމްބަސީ ޖެރޫސަލަމަށް ބަދަލުކުރަން އެމެރިކާއިން އުޅޭތީ ރަސިއާ އިންވެސް ކަންބޮޑުވުން ފައުޅުކޮށްފިއެވެ.
މިކަމާއި ގުޅިގެން ކްރެމްލިނުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެފަދަ ކަމެއް ކޮށްފިނަމަ އިތުރު ހަމަނުޖެހުންތައް އުފެދި ބޮޑެތި ހަމަނުޖެހުންތަކެއް އުފެދޭނެ ކަމަށެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ސަރުކާރުގެ ތަރުޖަމާނު ވިދާޅުވީ މިކަމާއި ގުޅިގެން އެމެރިކާ އާއިއެކު ރަސިއާ އިން މަޝްވަރާކުރާނެ ކަމަށެވެ.