ޖެރޫސަލަމަށް އެމެރިކާ އެމްބަސީ ބަދަލުކުރުމަކީ ދުނިޔޭގެ ހުރިހާ މުސްލިމުން ކަންބޮޑުވާނެ ކަމެއް: ސަލްމާން ރަސްގެފާނު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
ޖެރޫސަލަމަށް އެމެރިކާ އެމްބަސީ ބަދަލުކުރުމަކީ ދުނިޔޭގެ ހުރިހާ މުސްލިމުން ކަންބޮޑުވާނެ ކަމެއް: ސަލްމާން ރަސްގެފާނު
މުސްލިމުންގެ 3 ވަނައަށް އެންމެ މުޤައްދިސް ބިނާ ކަމަށްވާ ޖެރޫސަލަމަށް އެމެރިކާގެ އެމްބަސީ ބަދަލުކުރުމަކީ ދުނިޔޭގެ ހުރިހާ މުސްލިމުން އެކަމަކާއިމެދު ކަންބޮޑުވާނެ ކަމެއް ކަމަށް ސައުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އެމެރިކާގެ ރައީސް ޓްރަމްޕަށް ދަންނަވައިފިއެވެ.

ސަލްމާން މިމޭރުމުން ވިދާޅުވީ އަންގާރަ ދުވަހު ބޯހަރު ޓްރަމްޕަށް ކުރެއްވި ފޯނުކޯލެއްގައެވެ.

ސަލްމާން ރަސްގެފާނު ވިދާޅުވީ އެކަން ކޮށްފިނަމަ މެދުއިރުމަތީގެ ޞުލްޙަށް ކުރެވޭ މަސައްކަތްތައް ހުއްޓި ޞުލްޙައަށް ހުރި މަގުތައް މުޅިން ބަންދުވެގެންދާނެ ކަމަށެވެ. ފަލަސްޠިނާއި އިޒްރޭލުގެ މެދުގައި ރަނގަޅު މަޝްވަރާތަކެއް ކޮށްގެން ނޫނީ އެއްވެސް ކަމެއް ހައްލު ނުކުރެވޭނެ ކަމަށެވެ.

ފޯނުކޯލުގައިވެސް ސަލްމާން ރަސްގެފާނު ވިދާޅުވީ ސައުދިއަރަބިޔާ ދެމިއޮންނާނީ ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތައް ހޯއްދަވައިދެއްވަން މަސައްކަތްޕުޅު ކުރެއްވުމުގައި ކަމަށެވެ.

ސައުދިއަރަބިޔާއިން އެމެރިކާއަށާއި އދ އަށް ކަނޑައަޅުއްވާފައިވާ މަންދޫބުން ވެސް ގެންދަވަނީ މިމޭރުމުން ކަންބޮޑުވުން ފައުޅުކުރައްވަމުންނެވެ.
މިއަދު އޮންލައިން