އެމެރިކާ އުޅެނީ މެދުއިރުމަތީގަ ދިގު ދެމިގެންދާނެ އަލިފާން ހުޅެއް ރޯކުރަން: ތުރުކީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 33ސ
އެމެރިކާ އުޅެނީ މެދުއިރުމަތީގަ ދިގު ދެމިގެންދާނެ އަލިފާން ހުޅެއް ރޯކުރަން: ތުރުކީ
އެމެރިކާއިން އުޅެނީ މެދުއިރުމަތީގައި ދިގު ދެމިގެންދާނެ އަލިފާނުގެ ބޮޑު ހުޅުގަނޑެއް ރޯކުރަން ކަމަށާއި ޖެރޫސަލަމަކީ އިޒްރޭލުގެ ވެރިރަށް ކަމަށް އެމެރިކާއިން ޤަބޫލުކުރުމަކީ އެ ހުޅުގަނޑު ރޯކުރުން ކަމަށް ތުރުކީން ބުނެފިއެވެ.

ތުރުކީ ސަރުކާރުގެ ތަރުޖަމާނު ވިދާޅުވީ އެއީ އެމެރިކާއިން އުފައްދަން އުޅޭ ބޮޑު ފިތުނައެއް ކަމަށެވެ. "އެކަމުގެ ސަބަބުން ހުރިހާ ދީންތަކަށް މައްސަލަތައް ކުރިމަތިވާނެ. މުޅި ސަރަހައްދަށް ނުރައްކާވެގެންދާނެ. ނިމުމެއް ނުވާނެ އަލިފާން ގަނޑަކަށް ދުނިޔެ ވައްޓާލަން އެމެރިކާ އެ އުޅެނީ. އެމެރިކާ ވަނީ މޮޔަވެފަ."

މައްސަލަތައް ހައްލުކުރެވޭނީ މަޝްވަރާކޮށްގެން ކަމަށާއި މީސްތަކުންގެ ހައްޤުތަކަށް އަރައިގަނެ ގަދަބަދަވިކަން ދައްކައިގެން ނޫން ކަމަށްވެސް ތަރުޖަމާނު ވަނީ ވިދާޅުވެފައެވެ.
މިއަދު އޮންލައިން