ޖެރޫސަލަމަކީ އިޒްރޭލުގެ ވެރިރަށް ކަމަށް އެމެރިކާއިން ބަލައިގެންފިއެވެ. ޓްރަމްޕް ބުނީ އެއީ ކުރަންޖެހި ނުކުރެވި ދިގުލަމުން އަންނަ ކަމެއް ކަމަށެވެ.
ދާދި ދެންމެ ޓްރަމްޕް އެކަން އިއުލާނު ކުރުމުން ދުނިޔޭގެ ބޮޑެތި މީޑިއާތަކުގެ ފަލަ ސުރުޚީއަށް މިހާރު ވަނީ އަރައިފައެވެ.
އިޒްރޭލުގައި ހުރި އެމެރިކާ އެމްބަސީ ޖެރޫސަލަމަށް ބަދަލުކުރަން ވެސް ޓްރަމްޕް ވަނީ ނިންމައިފައެވެ.
ބައެއް މީޑިއާތަކުން ބުނަމުން ދަނީ ޓްރަމްޕު މިކަން މިކުރީ އެކަމުގެ ސަބަބުން ކުރިމަތިލާންޖެހޭނެ ނުރައްކާތަކަށް އެއްވެސް ވަރަކަށް ބެލުމެއް ނެތި ކަމަށެވެ.
ބީބީސީ ގައި ބުނެފައިވަނީ މިއީ ޞުލްޙައިގެ މަރަށް ދިން ދޮނެއް ކަމަށެވެ.
ވައިޓްހައުސް އިން ބުނަނީ ޓްރަމްޕް ފުއްދީ އޭނާގެ ވައުދެއް ކަމަށެވެ.