މިސްކިތްމަގުން ދެވަނަ ފަހަރަށް ޕޮލިސް ކްލަބް ބަލިކޮށްފި
ސީލައިފް ގްލޯބަލް ޤައުމީ ވޮލީބޯޅަ މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު އަންހެން ބައިގެ ހަތަރުވަނަ މެޗުގައި ޏ.ފުވައްމުލަކު މިސްކިތްމަގު އެންމެންގެ ގުޅުމުން ދެވަނަ ފަހަރަށް ޕޮލިސް ކްލަބް ބަލިކޮށްފިއެވެ.
ޒުވާނުންގެ މަރުކުޒުގެ އެތެރެ ކޯޓުގައި ކުޅުނު މި މެޗު، މިސްކިތްމަގުން މޮޅުވީ ސީދާ ތިން ސެޓުންނެވެ. މި މެޗުގެ ސެޓްތައް މިސްކިތްމަގުން ގޮންގޮސްފައިވަނީ 27-25، 25-20، އަދި 26-28 އެވެ.
މި މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދީ މިސްކިތްމަގުގެ ޖޫޒަން ޒަރީރެވެ.
މި މުބާރާތުގައި ފިރިހެން ބައިން ރޭ ކުޅުނު މެޗު، ދިވެހި ސިފައިންގެ ކްލަބް ބަލިކޮށް މޯލްޑިވިއަން ރެކްރިއޭޝަން ކްލަބް ކާމިޔާބުކުރީ ތިން ސެޓު ދެ ސެޓުންނެވެ. މޯލްޑިވިއަންއިން ސެޓްތައް ގެންގޮސްފައިވަނީ 27-25، 18-25، 22-25، 25-20، އަދި 15-11 އިންނެވެ.
މި މުބާރާތުގައި މިއަދު ހަވީރު ކުޅޭނީ އަންހެން ބައިން މޯލްޑިވިއަން ރެކްރިއޭޝަން ކްލަބްއާއި ޕޮލިސް ކްލަބްއެވެ. ފިރިހެން ބައިން މިރޭ ކުޅޭނީ ޕޮލިސް ކްލަބާއި ދިވެހި ސިފައިންގެ ކްލަބެވެ.