ހަށިވިއްކާ ގެއެއް ހިންގަމުން ގިނަ ބައަކު މެރި އަންހެނަކު އަތުލައިގެންފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 44ސ
ހަށިވިއްކާ ގެއެއް ހިންގަމުން ގިނަ ބައަކު މެރި އަންހެނަކު އަތުލައިގެންފި

ހަށިވިއްކާ ގެއެއް ކަމަށް ތުހުމަތުކުރެވިގެން މުމްބާއީގެ ގެއެއް ބަލައި ފާސްކުރި ކުރުމުގައި މީގެ 13 އަަހަރު ކުރިން މަރާލާފައިވާ ފިރިމީހާގެ ކަށިތަކާއި އެހެން ބައެއް މީހުންގެ ކަށިތައް ފެނިއްޖެއެވެ.
މިދިއަ ހޯމަ ދުވަހުގެ ރޭ ފުލުހުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި އެގެއިން ފުރަތަމަ ބަންދުކުރީ ހަށިވިއްކާ 4 އަންހެނަކާއި އެކަން ކުރުވާ އުމުރުން 43 އަަހަރުގެ ފަރިދާ އާއި ކަސްޓަމަރެކެވެ.

ފުލުހުން ދެވަނަ ފަހަރަށް ގެ ޗެކުކުރަން ދިއައީ ތަޙްޤީޤުގައި ފަރީދާ ދިން މައުލޫމާތަކާއި ގުޅިގެންނެވެ. އެގޮތުން ބަލައި ފާސްކުރުމުގައި މީގެ 13 އަަހަރު ކުރިން މަރާލާފައިވާ ފަރީދާގެ ފިރިމީހާގެ ކަށިތައް (ސްކެލްޓަން) ފެނުނީ ގޭގެ ނަޖިސްވަޅުގަނޑުގެ ތެރެއިންނެވެ.

ފިރިމީހާގެ އިތުރުންވެސް ފަރީދާ ގިނަ ބައަކު އެގޭގައި މަރާފައިވާކަން މިހާރު ވަނީ ތަޙްޤީޤަށް އެނގިފައެވެ. ބައެއް މީހުންގެ ކަށިތައްވެސް ވަނީ ހަމަ އެވަޅުގަނޑުންނާއި ގޭގެ ބައެއް އެހެން ތަންތަނުން ފެނިފައެވެ.
މިއަދު އޮންލައިން