ޤުދުސްގެ މައްސަލައިގައި އދ.ގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއް

ކިޔުމަށް ހޭދަވާނީ 56ސ
ޤުދުސްގެ މައްސަލައިގައި އދ.ގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއް
ޤުދުސްއަކީ އިޒްރޭލުގެ ވެރިރަށްކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ނިންމުމާ ގުޅިގެން، އެ މައްސަލައިގައި އދ.ގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއް މާދަމާ ބާއްވާގޮތަށް ހަމަޖައްސަވާފައިވެއެވެ.

އދ.ގެ ސަލާމަތީ މަޖިލީހުގެ މި ބައްދަލުވުން ބޭއްވުމަށް އެދި ހުށައަޅާފައިވަނީ ސަލާމަތީ މަޖިލީހުގައި ހިމެނޭ 15 ޤައުމުގެ ތެރެއިން 8 ޤައުމެވެ. އެއީ ބޮލިވިއާ، އިނގިރޭސި ވިލާތު، މިޞްރު، ފްރާންސް، އިޓަލީ، ސެނެގާލް، ސްވިޑަން، އަދި އުރުގުއާއިންނެވެ.

އިރުމަތީ ޤުދުސްއަށް އިޒްރޭލުން ވެރިވެގަނެގެން އުޅެނީ 1967 ވަނަ އަހަރުން ފެށިގެންނެވެ. އެހެން ނަމަވެސް މިހާތަނަށް ޤުދުސްއާ މެދު ބައިނަލް އަޤްވާމީ ގޮތުން އެއްވެސް ގޮތެއް ނިންމާފައި ނުވެއެވެ.

ޓްރަމްޕްގެ މި ނިންމުމާ ގުޅިގެން އިސްލާމީ އަދި އެހެނިހެން ޤައުމުތަކުން ވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ގިނަ ޤައުމުތަކުގެ ވެރިން ބުނަމުންދަނީ ޤުދުސްއާ މެދު ގޮތެއް ނިންމަންވާނީ ފަލަސްތީނާއި އިޒްރޭލާ ދެމެދު މަޝްވަރާކުރެވި، ވަކި ގޮތަކަށް ދެ ޤައުމުން އެއްބަސްވުމުންނެވެ.
މިއަދު އޮންލައިން