ރާޖަސްތާނުގައި ހުންނަ ބީޖޭޕީ ސަރުކާރުން މިވަނީ، އެސްޓޭޓުގެ މީހުން މުސްލިމުންނަށް ދެމުން ގެންދާ އަނިޔާތަކަށް ލޯކަނުވެފައެވެ. މީގެ ދުވަސްތަކެއް ކުރިން އެއަވަށުގެ "ގެރިތައް ހިމާޔަތް" ކުރުމުގެ ނަމުގައި އެމީހުންވަނީ ވަރަށް ގިނަ މުސްލިމުން ގަތުލު ކޮށްފައެވެ.
އެވަރުން ނުފުދިގެން، އެތަނުގައި ދިރިއުޅުނު މުސްލިމު ފިރިހެކަނު "ލޯބީގައި ޖިހާދު" ކުރަނީ ކަމަށް ބުނެ ބަޔަކު ވަނީ އެމީހާ ދިރިހުއްޓާ އަންދާލާފައެވެ. ސޯޝަލް މީޑިއާގައި މިހާރު އެވީޑިއޯ ދައުރުވަމުން އެބަދެއެވެ.
އެވީޑިއޯ އިން ފެންނަނީ ޝަމްބޫ ނަތު ރައިގާރު ކިޔާ މީހަކު މުސްލިމު ފިރިހެން މީހާއަށް ފުރަތަމަ ތޫނު އެއްޗަކުން ހަމަލާދީ، އޭނާ މަގުމައްޗަށް ވައްޓާލާފައި، އޭނާގެ ގަޔަށް ސާފުތެޔޮ އަޅާ މަންޒަރެވެ. އެއިރު މުސްލިމު ފިރިހެން މީހާ ދޫކޮށްލުމަށް އެދި އާދޭސް ކުރަމުން ދިޔައެވެ. ނަމަވެސް އެއްވެސް ރަހުމެއް ނެތި ރައިގާރު އެމީހާގެ ގައިގާ އަލިފާން ރޯކޮށްލީއެވެ.
ރާޖަސްތާނުގެ ފުލުހުން ބުނި ގޮތުގައި، އަންދާލާފައިވަނީ މުޙައްމަދު ބައްޓާ ޝެއިޚު ނަމަކަށް ކިޔާ މީހެކެވެ.
ވީޑިއޯ އިން ފެންނަ ގޮތުގައި، ރައިގާރު އާއި އަދި އެހެން ދެމީހަކު، ބައްޓާ ޝެއިޚު ގެ ގައިގާ ރޯކޮށްލުމަށްފަހު، ލޯބީގައި ޖިހާދު ކުރަން އުޅޭ ކޮންމެ މީހަކާއި މެދު ވެސް ކަންތައް ކުރާނީ އެފަދައިން ކަމަށް ބުނެފައިވެއެވެ.