މުސްލިމް އަންހެން ކުއްޖަކު މެކްޑޮނަލްޑްސް އަށް ކާން ވަނުމުން ހިޖާބު ނަގަން އަމުރުކޮށްފި

ކިޔުމަށް ހޭދަވާނީ 1މ 44ސ
މުސްލިމް އަންހެން ކުއްޖަކު މެކްޑޮނަލްޑްސް އަށް ކާން ވަނުމުން ހިޖާބު ނަގަން އަމުރުކޮށްފި
ލަންޑަންގެ މެކްޑޮނަލްޑްސް އަށް މުސްލިމު އަންހެން ކުއްޖަކު ކާންވަނުމުން، އެތަނުގެ ސެކިއުރިޓީ ގާޑެއް އޭނާ ހުއްޓުވާ ހިޖާބު ނަގަން އަމުރުކޮށްފިއެވެ.

އުމުރުން 19 އަހަރުގެ މުސްލިމު އެއަންހެން ކުއްޖާ، އުތުރު ލަންޑަންގެ ހޮލޮވޭ ގައި ހުރި މެކްޑޮނަލްޑްސް ގެ ބްރާން×ޗަކަށް ކާންދިޔުމުން، އެސެކިއުރިޓީ ގާޑު އޭނާއަށް އަމުރު ކުރީ ހިޖާބު ނަގާށެވެ. އެއަންހެން ކުއްޖާވަނީ އެހުރިހާ މަންޒަރެއް ވީޑިއޯކޮށް، ސޯޝަލް މީޑިއާގައި ވެސް އެވީޑިއޯ ހިއްސާ ކޮށްފައެވެ.

ހަލުވިކަމާއިއެކު އެވިޑިއޯ ދައުރުވުމުން، މެކްޑޮނަލްޑްސް ގެ އެބްރާޗުންވަނީ އަންހެން ކުއްޖާ ކައިރިން މާފަށް އެދިފައެވެ. އަދި އެކަމުގެ ޒިންމާ އުފުލަންޖެހޭ ސެކިއުރިޓީ ގާޑު ސަސްޕެންޑް ކޮށްފައިވާ ކަމަށްވެސް އެފަރާތުން ބުނެފައިވެއެވެ. ނަމަވެސް އެއަންހެން ކުއްޖާ ބުނީ އެވަރަކުން ނުފުދޭ ކަމަށެވެ.

ވީޑިއޯ އިން ފެންނަ ގޮތުގައި، އަންހެން ކުއްޖާ ހުންނަނީ ކާއެއްޗެއްސަށް އޯޑަރު ދިނުމަށް ސަފަށް އަރައެވެ. އެވަގުތު ގާޑު އެތަނަށް ގޮސް ހިޖާބު ނެގުމަށް އޭނާއަށް އަމުރު ކުރެއެވެ.

ސެކިއުރިޓީ ގާޑު އެހެން ބުނުމުން އެއީ ކީއްވެތޯ އަންހެން ކުއްޖާ އަހައެވެ. އަދި އޭނާ ދާހުރިހާ ތަނަކަށް ވެސް ދަނީ ހިޖާބު އަޅައިގެން ކަމަށާއި ހިޖާބު އެޅުމަށް ފަޚުރުވެރިވާ ކަމަށް ވެސް ބުނެ ހިޖާބު ނުނަގާނެ ކަމަށް ވެސް ބުނެއެވެ. އެއީ ކާކު އުފެއްދި ގަވައިދެއްތޯ ވެސް އެކުއްޖާ އަހާފައިވެއެވެ.

އަންހެން ކުއްޖާ ބުނެފައިވަނީ މީހަކު ހަމަ އެހެން ބުނެލާއިރަށް އޭނާއަށް ހިޖާބު ނުނެގޭނެ ކަމަށާއި، އޭނާ ހިޖާބު އަޅަނީ ދީނުގައި އެކަމަށް ގޮވާލާފައިވާތީ ކަމަށެވެ.

އެކަންތައްގަނޑާއި ބެހޭ ގޮތުން މެކްޑޮނަލްޑްސް އިން ބުނެފައިވަނީ އެސެކިއުރިޓީ ގާޑަކީ އެކުންފުނީގެ ގާޑެއް ނޫން ކަމަށާއި އޭނާ ގެނެސްފައިވަނީ އެހެން ކުންފުންޏަކުން ކަމަށެވެ. އަދި މުސްލިމު އަންހެނުންނަށް ހިޖާބު އަޅައިގެން އެރެސްޓޯރަންޓަށް ނުވަދެވޭނެ ކަމުގެ ގާނޫނެއް އެއްވެސް އިރަކު ހަދާފައި ނުވާނެ ކަމަށް ވެސް އެރެސްޓޯރަންޓުން ބުނެފައި ވެއެވެ.

ގުޅުންހުރި ވީޑިއޯ:
މިއަދު އޮންލައިން