އެންޖެލީނާއާއި ވައްތަރު ވާން ޕްލާސްޓިކް ސަރޖެރީއެއް ނުހަދަން! އެއީ މޭކަޕް، އަދި އެއީ އަހަރެން ހެދި ދޮގެއް- ސަހަރް

ކިޔުމަށް ހޭދަވާނީ 46ސ
އެންޖެލީނާއާއި ވައްތަރު ވާން ޕްލާސްޓިކް ސަރޖެރީއެއް ނުހަދަން! އެއީ މޭކަޕް، އަދި އެއީ އަހަރެން ހެދި ދޮގެއް- ސަހަރް
ހޮލީވުޑްގެ ސުޕާސްޓާ އެންޖެލީނާ ޖޮލީއާއި ވައްތަރުވުމަށްޓަކައި 50 ޕްލާސްޓިކް ސަރޖެރީ ހެދި ކަމަށް ބުނެ ޚަބަރު ފެތުރި ސަހަރް ތަބާރް މިހާރު ބުނަނީ އެއީ އޭނާ ހެދި ދޮގެއް ކަމަށާއި އެއީ އޭނާ ކުރި މޭކަޕްތަކަކާއި ހެދި ފޮޓޯޝޮޕް ތަކެއް ކަމަށެވެ.

އީރާނަށް އުފަން އުމުރުން 19 އަހަރުގެ ސަހަރް ބުނެފައިވަނީ، އޭނާއަކީ އެއްވެސް އިރަކު އެއްވެސް މީހަކަށް ވާހިތުން އުޅޭ މީހެއް ނޫން ކަމަށެވެ. އޭނާ މިހާރު ތެދު ބުނަން ގަސްތުކުރީ ކީއްވެ ކަމެއް ބުނެފައެއް ނުވެއެވެ.

ނަމަވެސް އެއިރު އޭނާ ފެތުރި ވާހަކަތަކުގެ ސަބަބުން ގިނަ ބައެއްގެ ފާޑު ކިޔުންތައް އޭނާއަށް ރައްދުވެ، އެކަމުގެ ސަބަބުން ސަހަރް ވަނީ އޭނާގެ އިންސްޓަގްރާމް އެކައުންޓް ވެސް "ޕްރައިވެޓް" އަށް ބަދަލު ކޮށްފައެވެ.

ސަހަރް އަށް ފޮޓޯޝޮޕް ކުރަން ރަނގަޅަށް ނޭނގުނު ކަމުގައިވިޔަސް، މޭކަޕްގެ ދާއިރާގައި ކުރިއަރާފާނެ ކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ.

މިއަދު އޮންލައިން