އެމެރިކާގެ އެންމެ ގާތް ބައިވެރިން ހިމެނޭ ގޮތަށް ދުނިޔެ ގެންދަނީ ޓްރަމްޕުގެ ރޭގެ ނީންމުންތަކަށް ފައުޅުގައި ދެކޮޅުހަދަމުންނެވެ. ފްރާންސަކީ ޓްރަމްޕާ ދެކޮޅަށް ފުރަތަމަ ފާޑުކީ ޤައުމެވެ. މިހާރު ފާޑު ނުކިޔާ ޤައުމެއް ނެތްކަމަށް ބުނެވިދާނެއެވެ.
ފަލަސްޠީނުގެ މިއަދުގެ ހާލަތު
އިނގިރޭސިވިލާތުން މިރޭ ބުނެފައިވަނީ އެމެރިކާއަކީ ޞުލްހައަށް އެއްވެސް ވަރަކަށް ސަމާލުކަން ދޭ ޤައުމެއް ކަމަށް މިހާރު ބެލެވެން ނެތް ކަމަށެވެ. އެމެރިކާގެ ނިންމުންތަކުގެ ސަބަބުން މުޅި ދުނިޔެއަށް ނުރައްކާތެރިކަން އާންމުވުމުގެ ބިރު އެބައޮތް ކަމަށެވެ.
އދ އާއި އީޔޫ އިންވެސް ގެންދަނީ ޓްރަމްޕުގެ ރޭގެ ނިންމުންތަކަށް ފައުޅުގައި ދެކޮޅު ހަދަމުންނެވެ. ނަމަވެސް ހިޓްލަރު ފަދައިން ޓްރަމްޕުވެސް ބޭނުންވަނީ އޭނާގެ ބާރު ދުނިޔެއަށް ދެއްކުމަށެވެ.