ޓްރަމްޕް ފެށި ހަނގުރާމައިގެ ފުރަތަމަ ދުވަހުވެސް ފަލަސްޠީނުގެ 6 މީހެއްގެ ގައަށް ބަޑިޖަަހއިފި- 49 މީހުން ޒަޚަމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 51ސ
ޓްރަމްޕް ފެށި ހަނގުރާމައިގެ ފުރަތަމަ ދުވަހުވެސް ފަލަސްޠީނުގެ 6 މީހެއްގެ ގައަށް ބަޑިޖަަހއިފި- 49 މީހުން ޒަޚަމް
އެމެރިކާއިން ރޭ އިއުލާނުކޮށް ޓްރަމްޕް ފެށި ހަނގުރާމައިގެ ފުރަތަމަ ދުވަހުވެސް ފަލަސްޠީނުގެ 6 މީހެއްގެ ގައަށް އިޒްރޭލު ސިފައިން ބަޑިޖަހައިފިއެވެ. 49 މީހުން ޒަޚަމްވެއްޖެއެވެ. 16 މީހުން ވަނީ ސީރިއަސް ޒަޚަމްތަކާއެކު އެޑްމިޓްކޮށްފައެވެ.

ވެސްޓް ބޭންކާއި ޣާޒާގައި އަދި ޖެރޫސަލަމުގައި މިއަދު ވަނީ އެތައް ހާސް މުސްލިމުން ނުކުމެ ޓްރަމްޕުގެ އަނިޔާވެރި ނިންމުމާއި ދެކޮޅަށް އަޑު އުފުލައިފައެވެ. އެމީހުން މައިތިރިކުރަން އިޒްރޭލުގެ ސިފައިން ވަނީ ހަތިޔާރުގެ ބޭނުން ކޮށްފައެވެ.

ވެސްޓް ބޭންކުގެ މަގުތަކަށް ނުކުތް ފަލަސްޠީނުގެ ޒުވާނުން ނުކުތީ ހުސްއަތާ ނަމަވެސް އިޒްރޭލުގެ ހަތިޔާރު އެޅި ސިފައިންގެ ކުރިމަތީގައި ވަނީ އެމީހުންގެ ހިތްވަރު ދައްކަން މަސައްކަތްކޮށްފައެވެ.

މުޒާހަރާތައް މައިތިރި ނުކުރެވިގެން އިޒްރޭލު ސިފައިން ވަނީ ލައިވް ވަޒަން ޖަހައިފައެވެ. ލައިވް ވަޒަން ފޮނުވަމުން ދިއައިރުވެސް ފަލަސްޠީނުގެ ޒުވާނުން ދިއައީ އެމީހުންގެ ހިތްވަރު ދައްކަމުންނެވެ.

ހަމާސް އިން ވަނީ ދެކޮޅު ހެދުންތައް ކުރިއަށް ގެންދިއުމަށް ގޮވާލައިފައެވެ.
މިއަދު އޮންލައިން