ޓްރަމްޕް ހިންގީ ބޮޑު ޖަރީމާއެއް- ދެކޮޅަށް ދުނިޔެ ތެދުވާނެ: މަޙްމޫދު ޢައްބާސް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 48ސ
ޓްރަމްޕް ހިންގީ ބޮޑު ޖަރީމާއެއް- ދެކޮޅަށް ދުނިޔެ ތެދުވާނެ: މަޙްމޫދު ޢައްބާސް
އެމެރިކާގެ ވެރިކަމުގައި ހުރި މިޤަރުނުގެ ހިޓުލަރު ޓްރަމްޕް ހިންގައިގެން އުޅެނީ ބޮޑު ޖަރީމާއެއް ކަމަށާއި އެކަމާއި ދެކޮޅަށް ދުނިޔެ ތެދުވާނެ ކަމަށް ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސް ވިދާޅުވެއްޖެއެވެ.

މަޙްމޫދު ޢައްބާސް އިއްޔެ ވިދާޅުވީ ޔޫރަޕުގެ ޤައުމުތަކާއި އެމެރިކާގެ އެންމެ އަވަށްޓެރި ޤައުމުތައްވެސް ޓްރަމްޕުގެ އިންޞާފެއް ނެތް ނިންމުމާއި ދެކޮޅު ކަމަށެވެ.

މަޙްމޫދު ޢައްބާސް ވިދާޅުވީ ޓްރަމްޕުގެ ނިންމުންތަކާއި ދެކޮޅަށް ދުނިޔޭގެ ތާއީދު ހޯއްދެވުމަށް ފަށްޓަވާފައިވާ މަސައްކަތްޕުޅުތަކަށް އަންނަނީ ކާމިޔާބު ލިބިވަޑައިގަންނަވަމުން ކަމަށެވެ.

ދުނިޔޭގެ އެންމެ ބާރާއި ނުފޫޒު ގަދަ ޤައުމުތަކުން ޓްރަމްޕުގެ ނިންމުންތަކާއި ދެކޮޅަށް ގެންދަނީ އަޑު އުފުލަމުންނެވެ. ނަމަވެސް ބީރު ޓްރަމްޕަށް މިއިން އެއްވެސް އަޑެއް އަދިވެސް އިވޭކަމަށް ނުވާއިރު ހަނގުރާމައިގެ އަލިފާންގަނޑުގައި ހުޅުހިފަމުން އަންނަތަން އިއްޔެ ވެސް ވަނީ ފެނިފައެވެ.
މިއަދު އޮންލައިން