ސާބަސް މެލޭސިޔާ އާ އިންޑޮނޭސިއާގެ އިސްލާމީ ލީޑަރުންނަށް- އިސްލާމް ދީނުގެ ހައްޤުގަ ނުކުތުމަކީ ވަކި މީހެއްގެ ކަމެއް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 50ސ
ސާބަސް މެލޭސިޔާ އާ އިންޑޮނޭސިއާގެ އިސްލާމީ ލީޑަރުންނަށް- އިސްލާމް ދީނުގެ ހައްޤުގަ ނުކުތުމަކީ ވަކި މީހެއްގެ ކަމެއް ނޫން!
މުސްލިމުން އެންމެ ގިނަ އިންޑޮނޭސިއާ އާއި މެލޭސިޔާގެ ވެރިރަށުގައި އެތައް ހާސް މުސްލިމުން އަލްޤުދުސްގެ ދިފާޢުގައި މިއަދު ކުރިއަށް ގެންދިއަ މުޒާހަރާތަކުގައި ދެ ޤައުމުގެ އިސް ލީޑަރުން ބައިވެރިވެވަޑައިގެންފިއެވެ.

ޤިޔާމަތް ދުވަހު ލީޑަރުން ކިޔާ ބައަކު ނުތިބޭނެއެވެ. އެދުވަހުގެ ހުރިހާ ބާރުތަކެއް ލިބިވޮޑިގެންވަނީ މާތް ﷲ އަށެވެ. އެދުވަހު އިސް ސަފުން ޖާގަ ލިބޭނީ އިސްލާމް ދީނުގެ ދިފާއުގައި މަސައްކަތްކުރި ބައަކަށެވެ.



ދެ ޤައުމުގައި ވެސް އެންމެ ގިނަ ބައަކު އެއްވެ މުޒާހަރާކުރީ އެމެރިކާ އެމްބަސީގެ ކުރިމަތީގައެވެ.

މުޒާހަރާކުރި މީހުން އެމެރިކާ އާއި ޓަރަމްޕާއި ދެކޮޅަށް އަޑު އުފުލަމުން ގެންދިއުމުގެ އިތުރުން ޓްރަމްޕުގެ ސޫރައިގާ ހަދާފައިވާ ބުދުތައް ވަނީ އަންދައިފައެވެ.



ދެ ޤައުމުގައިވެސް ގިނަ އަދަދެއްގެ ފުލުހުން ވަނީ އެމްބަސީތައް ހިމާޔަތްކުރަން މަސައްކަތްކޮށްފައެވެ.



އިންޑޮނޭސިއާގައި ކުރި މުޒާހަރާގައި ބައިވެރިވާ މީހުންގެ އަދަދު ގިނަވެ ކޮންޓްރޯލް ނުކުރެވިދާނެކަމަށް ބަލައި ބައެއް ސަރަހައްދުތަކުން ވަނީ ބޯޓު ފެރީގެ ޚިދުމަތްވެސް ހުއްޓުވައިފައެވެ.
މިއަދު އޮންލައިން