މެދުއިރުމަތީގެ ޞުލްޙައިގެ ވާހަކަތަކުން އެމެރިކާ އަމިއްލައަށް ބާކީވެއްޖެ: ފްރާންސް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 50ސ
މެދުއިރުމަތީގެ ޞުލްޙައިގެ ވާހަކަތަކުން އެމެރިކާ އަމިއްލައަށް ބާކީވެއްޖެ: ފްރާންސް
މެދުއިރުމަތީގެ ޞުލްޙައިގެ ވާހަކަތަކުން އެމެރިކާ އަމިއްލައަށް ބާކީވެއްޖެ ކަމަށާއި ޞުލްޙައިގެ ވާހަކަތަކުގައި މެދުވެރިއެއްގެ ދައުރު އަދާކުރުމުގެ ފުރުޞަތު އެމެރިކާއަށް މިހާރު ގެއްލިފައިވާ ކަމަށް ފްރާންސުން ބުނެފިއެވެ.

ފްރާންސުގެ ޚާރިޖީ ވަޒީރު މިއަދު ވިދާޅުވީ މި ފުރުޞަތުތައް އެމެރިކާއަށް ގެއްލުނީ އެމެރިކާއިން ޖެރޫސަލަމަކީ އިޒްރޭލުގެ ވެރިރަށް ކަމަށް ޤަބޫލުކުރުމުންނާއި އަދި އިޒްރޭލުގެ އެމްބަސީ ޖެރޫސަލަމަށް ބަދަލުކުރަން ނިންމުމުން ކަމަށެވެ.

ފަރަންސޭސި ރައީސް މިއަދު ވަނީ މެދުއިރުމަތީގައި "މައިތިރިކަން" ބޭއްވުމަށް އިލްތިމާސްކުރައްވައިފައެވެ. އޭނާ ވިދާޅުވީ މައްސަލަތަކަށް ހައްލު ހޯދޭނީ މަޑުމައިތިރިކަން އިޚްތިޔާރުކޮށްގެން ކަމަށެވެ.

ރައީސް އެ ވިދާޅުވީ ޓްރަމްޕް އަވަސް އަރައިގަނެގެން ކަންކަން ކުރަން އުޅޭތީ އެކަމުން އެއްވެސް ފައިދާއެއް ނުކުރާނެ ކަމާއި ލިބޭނީ ގެއްލުންތައްކަން ބަޔާންކުރެއްވުމަށް ކަމަށްވެދާނެއެވެ.

ކެތްތެރިކަމާއި މަޑުމައިތިރި ކަމަކީ ކޮޅުންލާނެ ކަންކަން ކަމަށް ޤަބޫލުކުރަންޖެހެއެވެ. މުސްލިމުންނަށް މިއަދު ވަނީ ކެތްތެރިކަން ކޮޅުންލައިފައެވެ.

މިއަދު އޮންލައިން