އިޒްރޭލުން ޣާޒާއަށް ބޮން އަޅާ 2 މީހުން ޝަހީދުކޮށްލައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 38ސ
އިޒްރޭލުން ޣާޒާއަށް ބޮން އަޅާ 2 މީހުން ޝަހީދުކޮށްލައިފި
އިޒްރޭލުގެ ހަނގުރާމަމަތީ ބޯޓުތަކުން ޣާޒާއަށް ބޮން އަޅައި 2 މީހުން ޝަހީދުކޮށްލައިފިއެވެ.

މި ހަމަލާ ދީފައިވަނީ ހަމާސްގެ މަރުކަޒަކަށް އަމާޒުކޮށްގެން ރޭ ފަތިހުގެ ވަގުތެއްގައެވެ. ޣާޒާގެ މެދުތެރޭގައި ހުންނަ ހަމާސްޖަމާއަތުގެ ނުސައިރަތު ކޭމްޕަށް އަމާޒުކޮށްގެން އިޒްރޭލުން ހަަމަލާދިނީ ހަމާސް ފަހަތަށް ޖެއްސުވުމަށް ކަމަށް ބެލެވެއެވެ.

ހަމާސްގެ ލީޑަރުން ގެންދަވަނީ ޖެރޫސަލަމުގައި ހިމާޔަތުގައި ވީހައި ގިނަ ބައަކު ނުކުމެ ކުރިމަތިލުމަށް ގޮވާލައްވަމުންނެވެ. ހަމާސް އަކީ އިޒްރޭލް ނުވަތަ އެމެރިކާ އާއިއެކު މަޝްވަރާކޮށްގެން އެއްވެސް ކަމެއް ހައްލުކުރެވޭނެ ކަމަށް ޤަބޫލުކުރާ ޖަމާއަތެއް ނޫނެވެ.

ހަމާސްގެ ސިޔާސަތުތަކުގެ ސަބަބުން އެމެރިކާއިން ގެންދަނީ ސައުދިއަރަބިޔާ އާއި މިޞުރު ފަދަ މުސްލިމް ޤައުމުތައް މެދުވެރިކޮށްގެން ހަމާސްއަށް ދަތިތައް ކުރިމަތިކުރުވަމުންނެވެ.
މިއަދު އޮންލައިން