މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ އިސްމާޢީލް މެންކް ސްރީލަންކާގައި ދަރުސް ދެއްވަމުން އެބަ ގެންދަވައެވެ.
މިމަހުގެ 8 ވަނަ ދުވަހުން ފެށިގެން 10 ވަނަ ދުވަހަށް ކުރިއަށް ގެންދާ ޕްރޮގްރާމުގެ ތެރެއިން މިރޭ 7:30 ގައި ދަރުސް ދެއްވާނީ "ދަ ހާރޓް އޮފް ޔޯރ ހޯމް" މި މައުޟޫއަށް ޖާވައްތަ މަސްޖިދުގައެވެ. ދެ ޖިންސަށް ވެސް ވަނީ ހުޅުވާލައިފައެވެ.
މާދަމާ މެންދުރު 12:00 ގައި ދެހިވެލަ ޖުމާ މަސްޖިދުގައި ފިރިހެނުންނަށް ޚާއްޞަ ކުރައްވައިގެން ދަރުސެއް ދެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. ދަރުސްގެ މައުޟޫއަކީ "ކްރިއޭޓިންގ އަ ޕޮޒިޓިވް ޗޭންޖް" އެވެ.
ސްރީލަންކާއަކީ ދިވެހިންގެ ގިނަ ބައަކު ދިރިއުޅޭ ޤައުމަކަށްވާއިރު މިފަދަ ދަރުސްތަކުގައި ބައިވެރިވެ އަޑުއަހައިލުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ޤަބޫލުކުރެވެއެވެ.