އެމެރިކާގެ މުސްލިމް ޖަމާއަތްތަކުން މިކަމަށް ގޮވާލުމުން ގިނަ އަދަދެއްގެ މުސްލިމުން މުސައްލަ ހިފައިގެން ނަމާދަށް ދިއަތަން ފެނިފައި ޓްރަމްޕުގެ މޭގަނޑު ވަނީ ކަރައިފައެވެ.
ނަމާދަށްފަހު މުސްލިމުން ވަނީ ޖެރޫސަލަމްގެ މިނިވަންކަމަށާއި އެއީ މުސްލިމުންގެ ޙުރުމަތްތެރިވެގެންވާ ބިމެއް ކަމުގައި ލެހެއްޓެވުން އެދި ދުޢާކޮށްފައެވެ. އަދި ޓްރަމްޕަށް ބަދު ދުޢާވެސް ކޮށްފައެވެ.
ބައެއް މީހުން ހުކުރަށް ދިއައީ ފަލަސްޠީނުގެ ކުލަތައް ހިމެނޭ ސްކާފްވެސް އަޅައިގެންނެވެ. ޚުޠުބާގައި ވަނީ ޖެރޫސަލަމަކީ މުސްލިމުންގެ ބިމެއް ކަމަށް ބަޔާންކޮށް ޓްރަމްޕުގެ ނިންމުންތައް ކުށްވެރިވެސް ކޮށްފައެވެ.
މިކަމާއި ގުޅިގެން ފުލުހުން އެއްވެސް މީހަކު ހައްޔަރުކުރިކަން އެނގިފައެއް ނުވެއެވެ.