މޯދީގެ މެސެޖުގައި ވަނީ އެކަމަނާއަށް ދިގު އުމުރުފުޅަކާއި ސަލާމަތް ޞިއްހަތަކަށް އެދިވަޑައިގެންފައެވެ.
ސޯނިއާގެ އުފަންދުވަހާއި ގުޅިގެން އެކަމަނާގެ ގަނޑުވަރުގައި މިއަދު ގެންދަނީ ތަފާތު ހަރަކާތްތައް ހިންގަމުންނެވެ. އުމުރުފުޅުން ފުރުނީ 71 އަހަރު ނަމަވެސް ގަނޑުވަރުގެ ގޯތިތެރޭގައި ވަނީ ފުއްޕާހަން އެލުވައިފައެވެ.
ރާހުލް ގާނދީ ޕާޓީގެ ލީޑަރުކަމާއި ރަސްމީގޮތުން އަދި ހަވާލުވެވަޑައިނުގަންނަވާތީ ކޮންގްރެސް ޕާޓީގެ ލީޑަރަކީ އަދިވެސް ސޯނިއާ ގާނދީއެވެ.