ނަތަޔާންހޫގެ ކޮރަޕްޝަނާ ދެކޮޅަށް ޔަހޫދީން ބޮޑު މުޒާހަރާއެއް ކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
ނަތަޔާންހޫގެ ކޮރަޕްޝަނާ ދެކޮޅަށް ޔަހޫދީން ބޮޑު މުޒާހަރާއެއް ކޮށްފި
އިޒްރޭލުގެ ބޮޑުވަޒިރު ނަތަޔާންހޫގެ ކޮރަޕްޝަން މައްސަލަތަކާއި ގުޅިގެން ނަތަޔާންހޫ އާއި ދެކޮޅަށް ޔަހޫދީންގެ ގިނަ ބައަކު އިއްޔެ އިޒްރޭލްގެ ވެރިރަށް ޓެލްއަވީވްގައި ބޮޑު މުޒާހަރާއެއް ކޮށްފިއެވެ.

10،000 އަށްވުރެ ގިނަ މީހުން އިއްޔެގެ މުޒާހަރާގައި ބައިވެރިވިކަމަށް ބެލެވޭއިރު އެންމެންވެސް ބުނަމުން ގެންދިއައީ ކޮރަޕްޓް ބޮޑުވަޒީރަކު ބޭނުން ނޫން ކަމަށާއި ނަތަޔާންހޫ މަގާމުން ދުރުކޮށް އޭނާގެ މައްސަލަތައް ބެލެން ޖެހޭނެ ކަމަށެވެ. އަދި އެކަން އަވަސްކުރަންޖެހޭ ކަމަށެވެ.

ނަތަޔާންހޫގެ މައްޗަށް ހުށަހެޅިފައިވާ މައިގަނޑު ދެ މައްސަލައަކީ މުއްސަނދި މަހުޖަނެއްގެ އަތުން ހަދިޔާ ޤަބޫލުކުރުމާއި ވަކި ގޮތަކަށް ޚަބަރު ފަތުރަން ޏޫހަކާއިއެކު ޑީލެއް ހެދި މައްސަލައެވެ.

އިޒްރޭލުގެ ވެރިކަންކުރާ ކަނައަތުފިޔައިން ބުނަނީ މިއީ އިދިކޮޅު ވައަތުފިޔައިން އިންޒާމުކުރާ ކަންކަން ކަމަށެވެ.

އިޒްރޭލުގެ ތެރޭގައިވެސް ހަރުކަށި ކަނައަތުފިޔައިގެ ޕާޓީއަށް ދަނީ ތާއީދުކުޑަވަމުންނެވެ. ހަރުކަށި ސިޔާސަތުތަކާއި ދެކޮޅު މީހން ދަނީ އިތުރުވަމުންނެވެ. ހަަމަޖެހުމާއި އަމާންކަން އޮތީ ފަލަސްޠީނުގެ ހައްޤުތައްވެސް އަދާކޮށް އެކުވެރިވެގެން ކަމަށް ޤަބޫލުކުރާ މީހުން ދަނީ ގިނަވަމުންނެވެ.

މިއަދު އޮންލައިން