ޣާޒާ ކެކި އުތުރި އަރަނީ- ޓްރަމްޕުގެ ބޯހަރު ނިންމުން އަނބުރާ ގެންދަން ސައުދީން ގޮވާލައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 12ސ
ޣާޒާ ކެކި އުތުރި އަރަނީ- ޓްރަމްޕުގެ ބޯހަރު ނިންމުން އަނބުރާ ގެންދަން ސައުދީން ގޮވާލައިފި
އެމެރިކާގެ ރައީސް ބޯހަރު ޓްރަމްޕް މުސްލިމް އުންމަތާއި ދެކޮޅަށް ޢާންމުކޮށް އިއުލާނުކޮށްފައިވާ ހަނގުރާމައިގެ 4 ވަނަ ދުވަހު ޔަހޫދީ ސިފައިން ވަނީ ފަލަސްޠީނުގެ 13 މީހަކު ހައްޔަރުކޮށްފައެވެ. ޔަހޫދީ ސިފައިން ހަމަލާ ދީ އެތައް ބައަކު ވަނީ ޒަޚަމްކޮށްލައިފައެވެ.

މުޒާހަރާ ކުރަމުން ދިއަ މީހުންނަށް ޔަހޫދީ ސިފައިން ހަމަލާ ދެމުން އަދި ހައްްޔަރުކުރަމުން ގެންދިއައިރުވެސް ފަލަސްޠީނުގެ ރައްޔިތުން ގޮވަމުން ގެންދިއައީ މިއީ އަހަރެމެންގެ ބިން ކަމަށާއި އެމެރިކާގެ ބިމެއް އަދި އިޒްރޭލުގެ ބިމެއްވެސް ނޫން ކަމަށެވެ. އަހަރެެންގެ މި ޖިހާދު ނުހުއްޓުވޭނެ ކަމަށެވެ.

ސައުދިއަރަބިޔާއިން އިއްޔެ ވަނީ ޓްރަމްޕުގެ ބޯހަރު އަދި އަނިޔާވެރި ނިންމުން އަނބުރާ ގެންދިއުމަށް ގޮވާލައިފައެވެ.

ސައުދީ ޚާރިޖީ ވަޒީރު ޢާދިލް އަލް ޖުބައިރު ވިދާޅުވީ ޓްރަމްޕުގެ ނިންމުމުގެ ސަބަބުން ކަންކަން ދާނީ ގޯހުން ކަމަށާއި ނަތީޖާއަކަށްވާނީ އިތުރު ކުރިމަތިލުންތައް ހިނގައި އެތައް ބައަކު މަރުވުން ކަމަށެވެ. އަދި އެކަމުން އެމެރިކާއަށްވެސް އިޒްރޭލަށް ވެސް އެއްވެސް ފައިދާއެއް ނުކުރާނެ ކަމަށެވެ.

އިއްޔެ މިޞުރުގެ ވެރިރަށް ޤާހިރާގައި ކުރިއަށް ގެންދިއަ އިސްލާމީ ޤައުމުތަކުގެ ބައްދަލުވުމުގައި ވަނީ ފަލަސްޠީނުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދަން ކުރަންޖެހޭ މަސައްކަތްތައް ބާރު ސްޕީޑުގައި ކުރިއަށް ގެންދިއުމަށް އެއްބަސްވެފައެވެ. އަދި އެކަމުގައި އެހެން ޤައުމުތަކުގެ ހޯދަން ކުރާ މަސައްކަތްތައް ވެސް އިތުރުކުރުމަށް އެއްބަސްވެފައެވެ.

މިއަދު އޮންލައިން