ޗައިނާގެ ގުއަންޑޮން އަވަށުގައި ހިންގި އަލިފާނުގެ ހާދިސާއެއްގައި 8 މީހުން މަރުވެއްޖެ
ޗައިނާގެ ގުއަންޑޮން އަވަށުގައި ހިންގި އަލިފާނުގެ ހާދިސާއެއްގައި 8 މީހުން މަރުވެއްޖެއެވެ.
މި ހާދިސާ ހިނގާފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގެރޭ މެންދަމު 03:30 އެހާކަންހާއިރުއެވެ. އަދި އަލިފާންގަނޑު ނިއްވާލެވުނީ ފަތިހު 05:30 އެހާކަންހާ އިރުއެވެ.
އެ ޤައުމުގެ ނޫސްތަކުން ބުނާގޮތުގައި މަރުވިމީހުންގެ ތެރެއިން އެކަކު ހާދިސާ ހިނގިތަނުގައި މަރުވެފައިވާ އިރު، ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގައި އެކަކު މަރުވެފައިވާ ކަމަށެވެ. އަދި ދެން ތިބި މީހުން މަރުވެފައިވަނީ ހޮސްޕިޓަލަށް ގެންދިޔަފަހުން ކަމަށްވެސް ވަނީ ބުނެފައެވެ.
މި ހާދިސާ އަންނަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.