20 މީހުން ދިރިއުޅޭ އަވަށެއް 140،000 ޑޮލަރަށް ގަންނަން ހުށަހަޅައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 34ސ
20 މީހުން ދިރިއުޅޭ އަވަށެއް 140،000 ޑޮލަރަށް ގަންނަން ހުށަހަޅައިފި
ޖަރުމަންވިލާތުގައި 20 މީހުން ދިރިއުޅޭ އަވަށެއް ނީލަމުގައި ވިއްކާލަން ހުޅުވައިލުމުން ގަންނަން 140،000 ޑޮލަރު ހުށަހަޅައިފިއެވެ. ނީލަމުގައި ބައިވެރިވީ ވެސް އެންމެ މީހެކެވެ.

ދެ ޖަރުމަނު ވަކިކުރަން ރޭނި ގްރޭޓްވޯލް ކައިރީގައި އޮންނަ އަލްވައިން ކިޔާ މިއަވަށަކީ ތާރީޚީ ގޮތުން ވަރަށް މުހިންމު ސަރަހައްދެކެވެ. ނަމަވެސް އެ ސަރަހައްދުގައި މިހާރު ހުރީ ބައުވެ ވީރާވެފައިވާ އިމާރާތްތަކެކެވެ.

1991 ވަނަ އަހަރާއި ހަމައަށް އެ އަވަށުގެ 50 ވަރަކަށް ގޭގައި މީހުން އުޅެނެވެ. އެއިރު އެ އަވަށް އޮތީ ކޯލް ނަގާ ކުންފުންޏެއްގެ ދަށުގައެވެ. ކޯލް ފެކްޓްރީ ބަންދުކުރުމުން ކުރާނެ މަސައްކަތެއް ނެތިގެން ގިނަ ބައަކު ވަނީ އަވަށް ދޫކޮށް ގޮސްފައެވެ.
މިއަދު އޮންލައިން